ތޫނިސް

ޓިއުނީޝިޔާ ނުވަތަ ތޫނިސްއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ އުތުރަށް އޮތް ޤައުމެވެ.

Tunisian Republic
الجمهورية التونسية
al-Jumhūriyya at-at-Tūnisiyya
Flag of Tunisia Coat of arms of Tunisia
Flag Coat of arms
Motto: حرية، نظام، عدالة (Hurriya, Nidham, 'Adala)
"Liberty, Order, Justice"[1]
Anthem: Humat Al Hima
Location of Tunisia
Location of Tunisia
Capital
and largest city
Tunis
36°50′N 10°9′E / 36.833°N 10.150°E
Official languages Arabic[2]
Second language French
Demonym Tunisian
Government Republic[2]
 -  President Moncef Marzouki
 -  Prime Minister Mehdi Jomaa
Independence
 -  from France March 20, 1956 
Area
 -  Total 163,610 km2 (92nd)
63,170 sq mi
 -  Water (%) 5.0
Population
 -  July 1, 2009 estimate 10,432,500[3] (79th)
 -  2004 census 9,910,872[3]
 -  Density 63/km2 (133rd (2005))
163/sq mi
GDP (PPP) 2008 estimate
 -  Total $82.636 billion[4]
 -  Per capita $8,002[4]
GDP (nominal) 2008 estimate
 -  Total $40.843 billion[4]
 -  Per capita $3,955[4]
Gini (2000)39.8
medium
HDI (2007)Green Arrow Up Darker.svg 0.769[5]
Error: Invalid HDI value · 98th
Currency Tunisian dinar (TND)
Time zone CET (UTC+1)
 -  Summer (DST) not observed (UTC+1)
Drives on the right
Calling code 216
Internet TLD .tn

އަވަސް ކަޅިއަކުން ބަލައިލުމެއް

ތޫނިސްގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ދެވަނަ ބަހެއްގެ ގޮތުގައި ގެންގުޅެނީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓިއުނީޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތޫނިސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 79 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ tn. އެވެ. ކޯލިން ކޯޑަކީ +216 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ނަން

ތޫނިސްއަށް ކިޔާ ނަން ކަމުގައިވާ ތޫނިސް ނެގިފައިވަނީ، މި ޒަމާނުގެ ތޫނިސްގެ ވެރިރަށް ކަމުގަައިވާ ރަށަށް ނިސްބަތްކޮށެވެ. އިނގިރޭސީން މި ޤައުމަށް ކިޔަނީ ޓިއުނީޝިޔާއެވެ. އެއީ ފަރަންސޭސި ބަހުން ކިޔާޤ ނަމުގެ ފަހަތަށް އައި.އޭ އިތުރުކޮށްގެން ކިޔާފައިވާ ނަމެކެވެ. މިއީ ފީނީޤީންގެ ކަލާނގެއެއް ކަމުގައިވާ ތާނިސް ނުވަތަ ތޫނިސްއަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ޖުޣުރާފީ

ޓިއުނީޝިޔާ ނުވަތަ ތޫނިސް އޮންނަނީ އެފްރިކާ ބައްރުގެ އުތުރު ބިތުގައި މެދުތެރޭ ކަނޑުގެ އައްސޭރީގައެވެ. އެޓްލާންޓިކް ކަނޑާއި ނީލުގެ ވާދީއާ ގާތްގަނޑަކަށް މެދުގައެވެ. ތޫނިސްގެ ހުޅަނގުގައި އޮތީ ޖަޒާއިރެވެ. އިރުދެކުނުގައި އޮތީ ލީބިޔާއެވެ. ތޫނިސްއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެ ޤައުމަކީ ޤުދުރަތީ ވަސީލަތްތައް ވަރަށް ވެސް މުއްސަނދި ޤައުމެކެވެ.

ތާރީޚު

ފެންނަން ހުރި ތާރީޚަށް ބަލާއިރުގައި ތޫނިސްގައި އެންމެ ފުރަތަމަ ވަ×ަންވެރިވެފައިވަނީ ބަރްބަރީ ޤަބީލާތަކަށް ނިސްބަތްވާ މީހުންނެވެ. ޢީސާއީ މީލާދުގެ 10 ޤަރުނު ކުރީގައި ފީނީޤީން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަރްޠާޖް ޝަހަރަކީ މީލާދުގެ ކުރީގެ 9 ވަނަ ޤަރުނުގައި މިއަދުގެ ލުބުނާން ހިސާބުން އައި ވަޒަންވެރީން ބިނާ ކުރި ޝަހަރެކެވެ. ފީނީޤީންގެ އިތުރުން އެހެން ކަންޢާނީން ވެސް ވަނީ މި ސަރަޙައްދަށް އައިސް ވަޒަންވެރިވެފައެވެ. ޔޫނާނީންގެ ސިސިލީ އާ އެކު ކުރެވުނު ގިނަ ހަނގުރާމަތަކަކަށް ފަހުގައި ޤަރްޠާޖްގެ ބާރު ގަދަވެގެން ދިޔައެވެ. އަދި މިއީ ހުޅަނގު މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ބާރަށް ވެސް ވެގެން ދިޔަމެއެވެ. މީލާދީން 8 ވަނަ ޤަރުނާ ހަމައަށް އައި އިރު މި ސަރަޙައްދު އޮތީ މުސްލިމުންނަަށް ފަތަޙަވެފައިވާ ތަނެއްގެ ގޮތުގައެވެ. ތޫނިސްގެ މަޝްހޫރު ޝަހަރެއް ކަމުގައިވާ ޤައިރްވާން ބިނާ ކުރީ މުސްލިމް ޢަރަބީންނެވެ. މިއީ މުޅި އުތުރު އެފްރިކާގައި ވެސް އުފެދުނު އެންމެ ފުރަތަމަ އިސްލާމީ ޝަހަރެވެ.ތޫނިސްއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 20 މާރިޗް 1956 ގައެވެ.

ޑެމޮގްރަފިކްސް

މިއަދުގެ ޓިއުނީޝިޔާގެ އާބާދީގެ 98% މީހުންނަކީ ޢަރަބީންނެވެ. ނުވަތަ މުސްތަޢުރިބު ޢަރަބީން ކަމުގައިވާ ބަރްބަރީންނެވެ. އެމީހުން ވާހަކަ ދައްކަނީ ޢަރަބި ބަހުގެ ލަހެޖާތަކުގެ ތެރެއިން ތޫނިސްގެ ލަހެޖާއިން ނުވަތަ ޑައިލެކްޓުންނެވެ. މިއަދު މި ސަރަޙައްދުގައި ބަރްބަރީންގެ ގޮތުގައި ތިބީ އެންމެ 1% މީހުންނެވެ. ގާތްގަނޑަކަށް 1% ގެ މީހުންނަކީ އިޓަލީ އަދި ފަރަންސޭސިވިލާތުން އައިސްތިބި މީހުންނެވެ.

ސަގާފަތު

ތޫނިސްގެ ތާރީޚަށް ބަލާއިރު އެ ޤައުމާ ގުޅިފައިވާ ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރުތަކެއް ފޯރުވާފައިވެއެވެ. މީގެ ތެރޭގައި ފީނީޤީންނާއި، ރޯމަނުންނާއި ވެންޑަލްއިންނާއި. ބައިޒަންޓީނުންނާއި، ޢަރަބީންނާއި ތުރުކީންގެ އިތުރުން ސްޕެނިޔަރޑުންނާއި ފަރަންސޭސީންގެ ސަގާފަތްތަކުގެ އަސަރު ވެސް ތޫނިސްގެ ސަގާފަތަށް ފޯރާފައިވެއެވެ.

އިޤްތިޞާދު

ޓިއުނީޝިޔާގެ އިޤްތިޞާދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން މައިންކުރުމާއި ތަކެއތި އުފެއްދުމުން ހިމެނެއެވެ.

ތެލާއި ފަތުރުވެރިކަމަކީ ވެސް މި ޤައުމުގެ އިޤްތިޞާދުގައި މުހިއްމު ދައުރުތަކެއް ކުޅެމުން އަންނަ ކަންކަމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8002 ޑޮލަރެވެ.

  1. ފަންވަތް:Citation
  2. 2.0 2.1 ފަންވަތް:Citation Translation by the University of Bern: Tunisia is a free State, independent and sovereign; its religion is the Islam, its language is Arabic, and its form is the Republic.
  3. 3.0 3.1

    Lua error in package.lua at line 80: module 'Module:Citation/CS1/Suggestions' not found. ފަންވަތް:Ar icon

  4. 4.0 4.1 4.2 4.3

    "Tunisia". International Monetary Fund. Retrieved 2009-10-01.

  5. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-10.

ހަދުވަހުގެ ހަނގުރާމަ

ހަދުވަހުގެ ހަނގުރާމަ އަކީ ޢަރަބި ބައެއް ގައުމުތަކާއި އިސްރާއީލް އާއި ދެމެދު 1967 ވަނަ އަހަރު ކުރެވުނު ހަނގުރާމަ އެކެވެ. މިހަނގުރާމަ ކުރެވުނީ މިޞްރު، އުރުދުން، ސޫރިޔާ މި 3 ގައުމާއި އިސްރާއީލް އާއި ދެމެދުގައެވެ. ޢަރަބި 3 ގައުމަށް އެހީތެރިވުމުގެ ގޮތުން އިރާގު، ސަޢޫދީ ޢަރަބިއްޔާ، ސޫދާން، ތޫނިސް، މަޣްރިބު، އަދި އަލްޖީރިޔާ އިން ސިފައިން މިގައުމުތަކަށް ފޮނުވުނެވެ. މިހަނގުރާމަ ހިނގީ 5 ޖޫން 1967 ން 10 ޖޫން 1967 އަށެވެ.

ހަދުވަހުގެ ހަނގުރާމަ އަށް ތަފާތު ނަންތައް ކިޔައި އުޅެއެވެ. އޭގެތެރޭގައި 1967ގެ ޢަރަބު އިސްރާއީލް ހަނގުރާމަ، ތިންވަނަ ޢަރަބު އިސްރާއީލް ހަނގުރާމަ، ޖޫން ހަނގުރާމަ، ފަދަ ނަންތައް ހިމެނެއެވެ.

އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު

އިތުރަށް ބެއްލެވުމަށް: އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 2005 އަދި އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 1907

މި ޞަފްޙާގައި މިވަނީ އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓެކެވެ. މި ލިސްޓު ހެދިފައިވަނީ އެއްމެ ފަހުގެ ރަސްމީ ހިސާބުތަކަށް ބަލައިގެންނެވެ. އެހެންނަމަވެސް އެކި ޤައުމުތަކުގެ ޢަދަދު ނެގިފައިވަނީ އެކި ދުވަސްވަރު ކަމަށްވާތީ ތަފާތެއް ހުރުމަކީ އެކަށީގންވާ ކަމެކެވެ.

މި ލިސްޓުގައި ހިމެނިފައިވަނީ އ.ދ. އިން ޤަބޫލު ކުރާ ޤައުމުތަކާއި ޓެރިޓަރީގެ އިތުރުން ޤަބޫލުނުކޮށް އަދި އޮތް 7 ތަނެކެވެ.

އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 2005

އިތުރަށް ބެއްލެވުމަށް: އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 2005 އަދި އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 1907މި ޞަފްޙާގައި މިވަނީ އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓެކެވެ. މި ލިސްޓު ހެދިފައިވަނީ އެއްމެ ފަހުގެ ރަސްމީ ހިސާބުތަކަށް ބަލައިގެންނެވެ. އެހެންނަމަވެސް އެކި ޤައުމުތަކުގެ ޢަދަދު ނެގިފައިވަނީ އެކި ދުވަސްވަރު ކަމަށްވާތީ ތަފާތެއް ހުރުމަކީ އެކަށީގންވާ ކަމެކެވެ.

މި ލިސްޓުގައި ހިމެނިފައިވަނީ އ.ދ. އިން ޤަބޫލު ކުރާ ޤައުމުތަކާއި ޓެރިޓަރީގެ އިތުރުން ޤަބޫލުނުކޮށް އަދި އޮތް 7 ތަނެކެވެ.

އިބްނި ބަޠޫޠާ

އިބްނު ބަޠޫޠާ ނުވަތަ އިބްނު ބައްޠޫޠާ (ޢަރަބިން: أبو عبد الله محمد ابن بطُّوطة) ނުވަތަ ބައެއް މީހުންގެ މެދުގައި އެ ނަމަކުން މަޝްހޫރުވެގެންވާ ޝަމްސުއްދީނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 703 ވަނަ އަހަރުގައި ނުވަތަ (އ. 1304 ފެބްރުއަރީ 24) (ނ. 1368 ނުވަތަ 1377) މަޣުރިބުގެ ޠަންޖާ ގައެވެ. އޭނާގެ ޢުމުރުން 22 އަހަރުގެ ތެރޭގައި އަމިއްލަ ވަޒަން ދޫކުރައްވައި ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރައްވަން ފެއްޓެވީ ހިޖުރައިން 725 ރަޖަބު، 2 ވަނަ ދުވަހުއެވެ. 30 އަހަރު ވަންދެން ދަތުރު ކުރެއްވުމަށްފަހު މޮރޮކޯއަށް އޭނާ އެނބުރި ވަޑައިގެން އޭނާގެ ދަތުރުނާމާ ޙަވާލު ކުރެއްވީ އިބުނި ޖުޒައިލް ޚަލަބީ އާއިއެވެ. އިބުނި ޖުޒައިލް އަށް އެ ދަތުރު ނާމާ ފުރިހަމަ ކޮށްގެން ނެރެވުނީ މީލާދީން 1355 ވަނަ އަހަރުގައެވެ. އިބުނު ބަޠޫޠާ ނިޔާވީ 1368 ނުވަތަ 1377 ވަނަ އަހަރުއެވެ. (1369 ވެސް ބުނެވެއެވެ.)

ފީފާ ވޯލްޑް ކަޕް 2010

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ، ވޯލްޑްކަޕްގެ 19 ވަނަ މުބާރާތެވެ. މިއަހަރު މި ބޭއްވޭ މުބާރާތް ބާއްވަން ހަމަ ޖެހިފައިވަނީ 11 ޖޫން އިން 11 ޖުލައި އަށެވެ.

މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާނީ 2007 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ފީފާގެ މެންބަރުންގެ ގޮތުގައި ތިބި 208 ޤައުމީ ފުޓުބޯޅަ ޓީމުގެ ތެރެއިން 204 ޤައުމުގެ މެދުގައި ކުޅެވުނު ކޮލިފައިން މެޗުތަކުގެ މަރުޙަލާ ކަޑައްތުކޮށް، ފަހު މަރުޙަލާއަށް އައިސްފައިވާ 32 ޓީމެވެ.

އެހެން ކަމުން 2008 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވި ވަރަށް ގިނަ ޓީމު ފީފާ ވޯލްޑްކަޕްގެ އެކި މަރުޙަލާތަކުގައި ބައިވެރިވެފައިވެއެވެ.

މިއީ އެފްރިކާގެ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ. މި ފަހަރުގެ މުބާރާތް ބޭއްވުމަށް ބިޑްކޮށްފައިވަނީ މުޅީން ވެސް އެފްރިކާގެ ޤައުމުތަކެވެ. މޮރޮކޯ އާއި މިޞްރާ ވާދަކޮށް ބިޑް ކާމިޔާބުކޮށްފައިވަނީ ދެކުނު އެފްރިކާއިންނެވެ.

އެހެން ކަމުން ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް އިންތިޒާމު ނުކުރާ ހަމަ އެކަނި ސަރަޙައްދީ ފުޓުބޯޅަ ޖަމްޢިއްޔާއަކީ އޯޝަނިޔާ ފުޓްބޯލް ކޮންފެޑެރޭޝަނަށް މިހާރުވަނީ ވެފައެވެ.

18 ވަނަ ފީފާ ވޯލްޑްކަޕްގެ ޗެންޕިއަނުން ކަމުގައިވާ އިޓަލީ މި މުބާރާތުގައި ކުޅޭނީ ޑިފެންޑިންގ ޗެންޕިޔަނުންގެ ގޮތުންނެވެ.

މި މުބާރާތުގެ ގުރުލުން އޮތީ 4 ޑިސެންބަރު 2009 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައެވެ.

ޚަލްދޫންގެ މަސައްކަތް

އިބްނު ޚަލްދޫންގެ ފުރިހަމަ ނަންފުޅަކީ ޢަބްދުއްރަޙްމާން ބުނި މުޙައްމަދު ބުނި މުޙައްމަދު ބުނި މުޙައްމަދު ބުނި އަލްޙަސަން ބުނި ޖާބިރު ބުނި މުޙައްމަދު ބުނި އިބްރާހީމް ބުނި ޢަބްދުއްރަޙްމާން ބުނި އިބްނު ޚަލްދޫންއެވެ. އެމަނިކުފާނަށް ޢާންމުކޮށް މުޚާޠަބްކުރެވޭ ނަންފުޅަކީ އިބްނު ޚަލްދޫން ނުވަތަ އިބްނު ޚުލްދޫން، އަދި اَبُو زَيْدٍ عَبْدُ الرَّحْمنُ إبْنُ خَلَّدُوْنَ މިނަންވެސް ޢާއްމުކޮށް ބޭނުންފުޅު ކުރައްވައެވެ. އިބްނު ޚަލްދޫން އުފަންވެވަޑައިގެންނެވީ، ހިޖުރައިން 732 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01، މީލާދީން 1332 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު، މަޣްރިބް ކަރަ ނުވަތަ މިހާރުގެ އެފްރިކާގެ ތޫނިސް ނުވތަ ޓިއުނީސިއާ ގައެވެ. އިބްނު ޚަލްދޫންގެ ޢާއިލާއަކީ، ޔަމަނުގެ ހަދުރަމައުތަށް ނިސްބަތްވާ ޢިލްމުވެރި އަދި ސިޔާސީ ޢާއިލާއެވެ. ޢާއިލާއަށް ނިސްބަތްވާ، މިދެންނެވި ދެދާއިރާއިންވެސް ކުރިޔަށް ވަޑައިގެންނެވުމަށް، އިބްނު ޚަލްދޫން ހުންނެވީ ނިންމަވައިގެންނެވެ. ނަމަވެސް އިބްނު ޚަލްދޫންގެ ބައްޕާފުޅަކީ ސިޔާސީކަންކަމުގައި ޙަރަކާތްތެރިވެލައްވާ ބޭކަލެއްނޫންކަމަށާއި، ކިޔަވައިދެއްވުމުގެ ދާއިރާގައި ޙަރަކާތްތެރިވެލައްވާ ބޭކަލެއްކަމަށް، ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

 އިބްނު ޚަލްދޫންގެ ތަޢުލީމީ ޙަޔާތް:

ކުރިންވެސް ދެންނެވިފަދައިން، އިބްނު ޚަލްދޫންގެ ބައްޕާފުޅަކީ، ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅުކުރައްވާ ޢިލްމުވެރި ބޭކަލަކަށްވާތީ، އިބްނު ޚުލްދޫން ފުރަތަމަ ކިޔަވާވިދާޅުވީ، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނެވެ. އެކަލޭގެފާނުގެ ވަރަށް ޅަޢުމުރުފުގައި ކީރިތިޤުރުއާން ހިތްޕުޅުން ދަސްކުރެއްވިއެވެ. ބަހުގެ ޤަވާޢިދާއި، ފިޤްހު ޢިލްމާއި، ޙަދީޘް ޢިލްމުވެސް ކިޔަވާ ވިދާޅުވިއެވެ. އަދި ތަޤްރީރުދިނުމުގެ ޢިލްމާއި، ބަހާބެހޭ ދިރާސާކުރުމުގެ ޢިލްމާއި، ޅެންބަހުރުވައާބެހޭ ޢިލްމްވެސް ޙާޞިލްކުރެއްވިއެވެ. މިހުރިހާވައްތަރެއްގެ ޢިލްމުތަކުންވެސް، ފެންވަރުރަނގަޅު ކާމިޔާބިތަކެއް، އިބްނު ޚަލްދޫން ހޯއްދަވައި، ސެޓްފިކެޓް ޙާޞިލް ކުރެއްވިއެވެ. އިބްނު ޚަލްދޫންގެ ޢުމުރުފުޅުން 19 އަހަރުފުޅުވުމާހަމައަށް، ކިޔަވާވިދާޅުވުމުގައި ހޭދަކުރެއްވިއެވެ. އިބްނު ޚަލްދޫން އިސްކޮށް ތަބާވެލައްވަނީ މަޛްހަބުލް އަޝާޢިރީގެ އުޞޫލްތަކަށްކަމަށާއި، ނަމަވެސް މާލިކީ މަޛްހަބުގެ ފިޤްހީ އުޞޫލްތަކަށް ބުރަވެލައްވާކަމަށްވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

 ޢިލްމް ފެތުރުއްވުގައި އަދާކުރެއްވި ދައުރު:

ކުރިންވެސް ދެންނެވިފަދައިން، އިބްނު ޚަލްދޫނަކީ، އެހާތަނަށް ދުނިޔެއަށް މުޅިންއައު ޢިލްމީ ޙަޤީޤަތްތަކެއް ދުނިޔެއަށް ހާމަކޮށްދެއްވި، މުސްލިމް ޢިލްމުވެރިޔެކެވެ. އެގޮތުން (historiography) ތާރީޚީ ޢިލްމާއި، (sociology) އިޖްތިމާޢީ ޢިލްމާއި، އަދި (economics) އިޤްތިޞާދީ ޢިލްމްގެ މުޅިންއައު ޙަޤީޤަތްތަކެއް ދުނިޔެއަށް ހާމަކޮށްދެއްވި ބޭކަލަކީ އިބްނު ޚަލްދޫނެވެ. މީގެއިތުރުން ޕޮލިޓިކަލް ސައިންސާއި ކޮމްޕްލެކްސް ސައިންސްގެ ދާއިރާއިންވެސް އައު ހޯދުންތަކެއްވެސް އިބްނު ޚަލްދޫން ހޯއްދަވާފައިވެއެވެ. އިބްނު ޚަލްދޫން ހާމަކޮށްދެއްވާފައިވާ އެކިއެކި ތިޔަރީތަކުގެ ތެރޭގައި، ސައިކްލިކަލް ތިޔަރީއާއި، އެމްޕާޔާ ތިޔަރީއާއި، ޢަޞަބިއްޔާގެ ތިޔަރީއާއި، އިކްނިމިކް ގްރޯތް ތިޔަރީއާއި، ސަޕްލައި އެންޑް ޑިމާންޑް ތިޔަރީ ފަދަ ތިޔަރީތަކާބޭހެގޮތުންވެސް ވަރަށްފުޅާ ދާއިރާއެއްގައި ދިރާސާކުރައްވާ، އެކަންކަމާބެހޭގޮތުން ނެރުއްވާފައިވާ ޢިލްމީ ޙާޤީޤަތްތަކަކީވެސް ދުނިޔެބަލައިގެންފައިވާ އެއްޗެކެވެ.

އިބްނު ޚަލްދޫންގެ ޢިލްމީ ހޯއްދެވުމަށް ޢާއްމުކޮށް ހާމަކޮށްދެއްވުމުގައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޒަމާނުގެ ދަތިއުދަނގޫކަމާއި، މަޤާމުގެ ބުރަކަމާއެކުގައިވެސް ޢިލްމީފޮތްތައް ލިޔުންވާފައިވެއެވެ. އެކިއެކި މުނާސަބަތުތަކުގައި ތަޤްރީރް ކުރައްވާފައިވެއެވެ. އެތަށް ބަހުސްތަކެއްގައި ބައިވެރިވުމުގެއިތުރަށް، އެތައްހާސް ދަރިވަރުންނަށް އުނގަންނަވާދެއްވާފައި ވެއެވެ.

 ފޮތް ލިޔުއްވުން:

އިބްނު ޚަލްދޫން ލިޔުއްވާފައި "އަލް މުޤައްދިމާ" މިފޮތަކީ މުޅިންއައު ވަރަށްގިނަ ޢިލްމީ ޙާޤީޤަތްތަކެއް ހިމެނިފައިވާ، އެފަދަ ދެވަނައެއްނެތް ފޮތެއްކަމަށް މުޅިދުނިޔެއަށް މަޝްހޫރުވެފައިވެއެވެ. އެކިއެކި ބަސްބަހުން އެފޮތް ތަރުޖަމާކޮށް، އެކިއެކި ޤައުތަކުގެ ފިހާރަތަކުގައާއި، ލައިބްރަރީ ތަކުގައާއި، ކޮލެޖް އަދި ޔުނިސިޓީތަކުގައާއި، ސްކޫލްތަކުގައި ދަނީ ބޭނުންކުރަމުންނެވެ. އެފޮތުގެ އެތަކެއް ވޮލިޔުމްތައް ނެރުއްވާފައިވެއެވެ. "އަލް މުޤައްދިމާ"ގެ އިތުރުން އިބްނު ޚަލްދޫން ލިޔުއްވާފައިވާ ފޮތަތަކުގެތެރެއިން މަޝްހޫރުވެފައިވާ އަނެއްފޮތަކީ، "كِتَابُ الْعِبَرِ" މިނަން ކިޔާފޮތެވެ. އިޤްތިޞާދީ ޢިލްމުގެ ބައްޕަކަމުގައި ހުޅަނގު ދެކެނީ، އެޑަމް ސުމިތެވެ. މީނާ ދުނިޔޭގައި އުޅުއްވައިފައިވަނީ، މީލާދީން 1723 ން 1790 އާ ދެމެދުގަ އެވެ. ނަމަވެސް މީނާއަށްވުރެ އެތައް ސަތޭކަ އަހަރެއްގެ ކުރިން، މީލާދީން 1332 ން 1406 އާ ދެމެދުގައި ދުނިޔޭގައި އުޅުއްވި، اَبُو زَيْدٍ عَبْدُ الرَّحْمنُ إبْنُ خَلَّدُوْنَ، އޭނާ ލިޔުއްވި މަޝްހޫރު ފޮތް " كِتَابُ الْعِبَرِ" ގެ މުޤައްދިމާގައި، ތާރީޚުޢިލްމާއި އިޖުތިމާޢީ ޢިލްމުގެ ބިންގައު ވަނީ އަޅުއްވައިފަ އެވެ. އިޤްތިޞާދީ ޢިލްމަކީ، އިޖްތިމާޢީ ޢިލްމުގެ ގޮތްޕެކެވެ. إبْنُ خَلَّدُوْن ދުނިޔޭގައި އުޅުއްވައިފައި ވަނީ، މީލާދީން 1332 ން 1406 އާ ދެމެދުގަ އެވެ. އެހެންވީމައި އިޤްތިޞާދީ ޢިލްމުގެ ބައްޕަ ނުވަތަ ބާނީ އަކީ، އެޑަމް ސުމިތު ކަމަކަށް ހަމަހިލާ ވެސް ނުވާނެ

ޤައިރަވާން ( ޓިއުނީޝިއާ )

ޤައިރަވާން އޮންނަނީ ޓިއުނީޝިއާގެ ސަހަރާގެ ތެރޭގައެވެ. މިއީ ކުރިން ޓިއުނީޝިއާގެ ވެރިރަށެވެ.

- ޤައިރަވާން ފަތަހަ ކުރެއްވީ ޢުޤުބާ ބިން ނާފިޢު ހިޖުރައިން 49ވަނަ އަހަރުގެ ތެރޭގައެވެ. މަޣުރިބުގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޚިޔާރު ކުރީ ޤައިރަވާންގެ އަހުލުވެރިންނެވެ.

- ހިޖުރައިން 148ން 296އަށް އަޣާލިބާއޭ ކިޔުނު ދައުލަތުގެ ދުވަސްވަރުގައި ވެރިރަށެއްގެ ގޮތުގައި ޤައިރަވާން ބޭނުންކުރެވުނެވެ.

- ހިޖުރައިން 308ވަނަ އަހަރު ފާތިމީންގެ ދުވަސްވަރު ވެރިކަން ޤައިރަވާން އިން މަހުދިޔާ އޭ ކިޔުނު ރަށަކަށް ބަދަލުކުރެވުނެވެ.

- ފްރާންސްގެ އަޅުވެތިކަމުގެ ދަށުގައި 75 އަހަރު ޤައިރަވާން ދެމިއޮތެވެ.

- ޓިއުނީޝިއާ މިނިވަންވުމާއި ގުޅިގެން އާވެރިރަށުގެ ގޮތުގައި ތޫނިސް އޭ ކިޔުނު ރަށް ހަމަޖެއްސުމުން ޤައިރަވާން އިން ވެރިކަން ތޫނިސް އަށް އެއްކޮށް ބަދަލުކުރެވުނެވެ.

- ޤައިރަވާން ހުރި މުހިއްމު އާޘާރުތަކުގެ ތެރޭގައި ޢުޤުބާ ބިން ނާފިޢު މީލާދީން 670ވަނަ އަހަރު ބިނާކުރެއްވި މަސްޖިދުލް ޤައިރަވާންއާއި، ބުރޫޠާއޭ ކިޔޭ ވަޅާއި، އަދި ބައެއް މިސްކިތްތައް ހިމެނެއެވެ.

އެހެން ބަސްބަހުން

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.