ވިޔަފާރި

ވިޔަފާރި އަކީ މުދާ ނުވަތަ ޚިދުމަތް، ލިބިގަންނަ މީހާގެ ކިބައިވާ އެއްޗެއް ލިބިދޭ މީހާއަށް ބަދަލަކަށް އެހެން އެއްޗެއް ދިނުމަށް ފަހު، އެ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ގަތުމެވެ.

ޢަރަބި ބަހުގައި ވިޔަވާރިއަށް ކިޔަނީ " އަލްބައިޢު" އެވެ. ޢަރަބި ބަހުގައި "އަލްބައިޢު"ގެ މާނައަކީ އެއްޗެއްގެ ބަދަލުގައި އެއްޗެއްދިނުމެވެ. ދިވެހި ބަސްފޮތުގައި ވިޔަފާރި މާނަކޮށްފައިވަނީ "ތަކެތި ގަނެގެން ނަފާލައިފައި ވިއްކުން" ކަމުގައެވެ. ފިޤުހު ޢިލްމުވެރިންގެ ގާތުގައި "އަލްބައިޢު"އަކީ ދެފަރާތުގެ ރުހުމާއި އެކު، (އަގެއްހުރި) މުދަލެއް އެހެންމުދަލަކާއި ބަދަލުކުރުމެވެ.

Wojciech Gerson - Gdańsk in the XVII century
Gdańsk
Accarias de Sérionne - Intérêts des nations de l'Europe, dévélopés relativement au commerce, 1766 - 5790093
Intérêts des nations de l'Europe, dévélopés relativement au commerce, 1766

ޙުކުމް

ފިޔަވާރި އަކީ ހުއްދަ ކަމެއްކަމުގައި މީސްތަކުންނަށް ބަޔާންކޮށްދެއްވައި ވަޙީކުރައްވާފައި ވެއެވެ. ( سورة البقرة 275) މާނައަކީ " ވިޔަފާރިކުރުން ވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. " " (النساء 29) " އޭ އީމަންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން، ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ، ވިޔަފާރިއަކަށް ވުން ފިޔަވައި، އެހެން ބާޠިލު ގޮތްގޮތުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ކައި ނޫޅޭށެވެ. " މިކަމަކީ ކީރިތި ރަސޫލާ ޞ ގެ ސުންނަތުން ސާބިތުވާ އަދި ދީނުގެ ހުރިހާ ދައްނަބޭކަލުން އެއްބަސްވެ ލައްވާ ކަމެއްމެއެވެ.

ވިޔަފާރި ހުއްދަކުރެއްވުމުގެ ޙިކުމަތް

އިސްލާމުދީނުގައި ކަމެއް ހުއްދަކުރައްވާނީ ނުވަތަ ޙާރާމް ކުރައްވާފައިވާނީ މަތިވެރި މަޤުޞަދުތަކަކަށްޓަކައެވެ. ވިޔަފާރި އަކީ އޭގެ ސަބަބުން އަނިޔާވެރިކަމާއި ޚިޔާނާތާއި ވައްކަށްކުރުމާއި މަގުފޭރުމާއި ތަޅާފޮޅުމާއި ކަންބޮޑުވުމާއި ބައިބައިވުމުން ސަލާމަތްކޮށްދެއެވެ. އެހެނީ އިންސާނުން ލައްވާފައިވަނީ އެކަކު އެކަނި ހުރިހާ ބޭނުމެއް ފުއްދޭފަދަ ގޮތެއްގައެއްނޫނެވެ. އެއްވެސްމީހަކީ އެހެންމީހުންގެ އެހީތެރިކަމާ ނުލާ ދިރިއުޅެވޭނެ މީހެއްނޫނެވެ. މިގޮތުން ގަނެވިއްކުމުގެ މަގު ނުވާނަމަ އެމީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި އޮތީ ދެގޮތެކެވެ. ފުރަތަމަ ގޮތަކީ އަނެކުންގެ އެހީއަށް އެދުމެވެ. މިގޮތަށް ހުރިހާ ކަމެއް ފުއްދުމަކީ ހަމަޖެގޭ އުޞޫލެއް ނޫނެވެ. ދެވަނަގޮތަކީ ނުބައި މަގުތަކުން މުދާ ހޯދަން މަޖުބޫރުވުމެވެ. އެއީ ވައްކަން ކުރުން ނުވަތަ މަގުފޭރުން ފަދަ ގޮތަކަށެވެ. މިހެންވެއްޖެނަމަ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ގެއްލި އިންސާނީ ދަރިފަސްކޮޅު ހަލާކެއްގެ ތެރޭގައި ވެއްޖައީހެވެ.

ވިޔަފާރީގެ ރުކުންތައް

1- ވިޔަވާރި ކުރާ ދެމީޙުން ( ވިއްކާ މީހާއާއި ގަންނަމީހާ)

2- ބަދަލުކުރެވޭ ދޭތި ( ވިއްކާލެވޭ އެއްޗާއި އޭގެ އަގު)

3- އިޖާބާއި ޤަބޫލު ( ހުށައެޅުމާއި ޤަބޫލުކުރުން)

ވިއްކާމީހާއާއި ގަންނަމީހާގެ ޝަރުޠުތައް

1- ބާލިޣުވުން

2- ބުއްދިސަލާމަތުން ހުރުން

3- މުދާ ރަނގަޅައް ޚަރަދުކުރަން ދަންނަމީހަކު ކަމުގައިވުން

4- މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚުތިޔާރުއޮތުން

5- މުދާ މިލްކުވެގެންވުން، ނުވަތަ އެމުދަލެއް ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވުން

ވިއްކާއެއްޗާއި އޭގެ އަގުގައިހުންނަންޖެހޭ ޝަރުޠުތައް

1- ޝަރުޢީގޮތުން ވިއްކުން ހުއްދައެއްޗެއް ކަމުގައިވުން

2- ފައިދާއެއެ ލިބިގަނެވޭ އެއްޗަކަށްވުން

3- ވިއްކާމީހާގެ މިލްކުގައިވާ އެއްޗެއް ކަމުގައިވުން ނުވަތަ އޭގެ ވެރިފަރާތުން ވިއްކުމުގެ ހުއްދަ ދެވިފައިވާ އެއްޗެއްކަމުގައިވުން

4- ގަންނަމީހާއާއި ޙަވާލުކުރެވޭ ފަދަ އެއްޗެއްކަމުގައިވުން

5- ވިއްކާމީހާގެ އަތުގައި އޮތް އެއްޗެއް ކަމުގައިވުން

6- ވިއްކާލެވޭ އެތީގެ ސިފަ ނުވަތަ އެއިން ކުރާ ބޭނުމާއި އޭގެ އަގު އެނގުން.

ސީޣާގެ ހުންނަންޖެހޭ ޝަރުޠުތައް

1- އީޖާބާއި ޤަބޫޅު އެއްގޮތްވުން

2- އިޖާބާއި ޤަބޫލު މެދު ނުކެނޑުން

3- ވަކިވަގުތެއް ( މުއްދަތެއް) ނުވަތަ ވަކި ޝަރުޠެއް ކަނޑަ ނޭޅުން.

ހޯރަފުށި (ހއ. އަތޮޅު)

ހޯރަފުށްޓަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މީހުން އާބާދުވެފައިވާ ރަށެކެވެ.

ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވެނީ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ.

ހޯރަފުށްޓަކީ މިހާރު އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ދެ ވަނައަށް އެންމެ މީހުންގިނަ ރަށެވެ. ހޯރަފުށީގެ އާބާދީގައި މިހާރު 3330 މީހުން އެބަތިއްބެވެ. އެއީ 1635 އަންހެނުންނާއި، 1695 ފިރިހެނުންނެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53E އެވެ. ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 63.5 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ 525 ގެ ހުރެއެވެ. ހޯރަފުށްޓަކީ ކުރިމަގުގައި ފަސޭހަކަމާއެކު ބިން ބޮޑު ކުރެވޭ ގޮތަށް ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެކެވެ. މިފަޅަކީ ހއ. ހުވަހަންދޫ އިން ފެށިގެން ހއ. އިންނަފިނޮޅާ ހަމައަށް ދިގު ދެމިފައިއޮތް ފަޅެކެވެ. މިފަޅުގައިވާ ހުރިހާ ރަށްރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށްތަކަކާއި ރީތި ތުނޑިތަކެއްގެ މައްޗަށް އެކުލެވިފައިވާ ހިތްގައިމު ރަށްތަކެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅައިލެވޭގޮތަށް 09 ފަޅުރަށް އެބައޮތެވެ. އެއީ، ހއ. ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ހޯރަފުށްޓާ ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު ވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ.

ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި ތަފާތު ވަޒީފާތައް އަދާކުރުމާއި، ކޮންޓްރެކްޓް މަސައްކަތާއި، ފެހުމާއި އަދި ކުދި ވިޔަފާރި ކުރުމުގެ މަސައްކަތެވެ. ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 07 މުއައްސަސާހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާއާއި، ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، ހޯރަފުށީ ޞިއްޙީމަރުކަޒާއި، ހޯރަފުށީ އިންޖީނުގެއާއި، ހއ. ހޯރަފުށީ އެސްޓީއޯ ފިހާރައެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ 1209X300 ފޫޓުގެ ބަނދަރެއް އޮންނަ ރަށެކެވެ. ހޯރަފުށީގައި އާދަމްސަލީމް ހަނދާނީ ޕްރީސްކޫލްގެ ނަމުގައި އަންނަނީ އަމިއްލަފަރާތަކުން ޕްރީސްކޫލް ތަޢުލީމުގެ ޚިދުމަތް ދެމުންނެވެ. އަދި ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެ ނަމުގައި މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތިޘާނަވީ ތަޢުލީމް ފުޅާދާއިރާއެއްގައި ދެމުން ގެންދެއެވެ. އަދި ހޯރަފުށީގެ ތަޢުލީމީ ދަންމަރަށް ކަޅި ހިންގާލާއިރު ކީރިތިޤުރްއާންގެ ތަޢުލީމަކީވެސް އަމިއްލަ ފަރާތަކުން ވަރަށް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު “ތަޢުލީމުލްބަޔާން” ގެ ނަމުގައި ދެމުން އަންނަ ޢިލްމެކެވެ. އަދި ވިޔަފާރިޔާއި އިޤްތިޞާދަށް ބަލާލާއިރު ހޯރަފުށީގައި 46 ފިހާރައާއި، 02 ރެސްޓޯރެންޓާއި، 01 ހޮޓަލާއި، 02 ފާރމަސީ ހުރެއެވެ. މީގެ އިތުރުން މިރަށުގައި މަހަށް ފުރާ 07 އުޅަނދު އޮތްއިރު ކަނޑުގައި ދުއްވުމަށް ރަޖިސްޓަރ ކޮށްފައިވާ 17 އުޅަނދާއި، އެއްގަމުގައި ދުއްވާ 156 އުޅަނދު އޮވެއެވެ. އަދި ރަށުގެ މަގު ގޯޅިތަކާއި، ބަނދަރާއި، އިޖުތިމާޢީ ސަރަޙައްދު ދިއްލުމަށްޓަކައި 237 ބައްތި ބޭނުން ކުރެވެއެވެ. ރަށުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި، ރަށުގެ ދެކޮޅުގައި 02 ކުނިކޮށި ތައްޔާރުކޮށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެކުނި ކޮށިތަކުގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުންދެއެވެ.

ދިރާގާއި، އުރީދޫގެ ފަރާތުން ރަށުގައި މޮބައިލް ފޯނުގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި އަމިއްލަ ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަތް ދެއްވަމުން އަންނައިރު ޕީ.އެސް.އެމްގެ ފަރާތުން މިދާއިރާގެ ރަށްތަކަށް ސަރުކާރުގެ ޓީވީ ސިގުނަލް ދޫކުރުމަށްޓަކައި އެންޓަނާއެއް ޖަހައިގެން ދަނީ އެޚިދުމަތްދެމުންނެވެ. މީގެ އިތުރުން މިހާރު ހޯރަފުށީގައި އިންޓަރނެޓް ސަރވިސް ދަނީ ފުޅާދާއިރާއެއްގައި ވައިލެސްކޮށް ދެއްވަމުންނެވެ. ހޯރަފުށްޓަކީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 24 ގަޑީއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ރައްޔިތުންނަކީ ދީނީ، އިޖްތިމާޢީ، ޤައުމީ، ޘަޤާފީ ކަންކަމަށް ލޯބިކުރާ ބައެއްކަމުގައި ދަންނަވާލަން ޖެހެއެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ބޮޑެތި ކަންކަމުގައި ހޯރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ނިލަންދެއަތޮޅު އުތުރުބުރި

ނިލަންދެއަތޮޅު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫ އެވެ. މިއަތޮޅަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލެއާއި 70 މޭލު ދުރުގައި އަރިއަތޮޅުގެ ދެކުނުން ރާއްޖޭގެ ދެކުނުދުނީގައި އޮންނަ އަތޮޅެކެވެ.

ނޫމަރާ (ށ. އަތޮޅު)

ފަންވަތް:Unreferenced

ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އާއި 40.2 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުންވެސް އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ C2 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 41.3 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރު (2970 ފޫޓް)، ފުޅާމިނުގައި 480 މީޓަރު (1584 ފޫޓް) ހުރެއެވެ. މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2012 އެޕްރީލްގައި ވަނީ ނިމި ރަށުކައުންސިލާ ހަވާލުކޮށްފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 27.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްފައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައި ވަނީ ރަށަށްއަރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއްގެ ގޮތުގައެވެ.

ނެއްލައިދޫ (ހދ. އަތޮޅު)

https://dheyha.com/681/

ރާއްޖޭގެ ވެރި ރަށް މާލެ އާއި 287.01 ކިލޯ މީޓަރު ދުރުގައި އޮންނަ ތިލަދުންމަތީ ދެކެނުބުރީ ނެއްލައިދޫ އަކީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ގާމަތި ރަށެކެވެ. އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ މި ރަށަކީ މާރާމާރީ އާއި ވައްކަމާއި އަދި މިނޫނަސް އެތައް ކުށްތަކަކުން ސަލާމަތްވެފައިވާ ރަށެއް ކަމުގައި ފާހަގަކޮށްލުމީ ލިބޭ އުފަލެއްކަމުގައި ދެެކެމެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަންތަން މަދުނަމަވެސް ރަށުގެ ހުޅަނގު ފަރާތުގައި ހުންނަ ރަށްވެހިއަސަރަކީ މިހާތަނަށް އައިއިރު ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ ރަށްވެހި ގޭ ތަކުގެ ތެރޭގައި ހިމެނޭ އެއް ރަށްވެހިގެއެވެ. އާބާދީގައި 1323 މީހުން ދިރިއުޅޭ މި ރަށަށް ދެވިފައިވާ ކޯޑަކީ ބީ8 ކެވެ.

ނެއްލައިދޫ އަކީ މާޒީގެ ތެރޭގައި ލަފާފުރުމުގެ އުނދަގޫ ކުރިމަތިވެފައިވާ ރަށެކެވެ. މިކަން ހައްލުކުރުމަށްޓަކައި ރަށުގެ ދެކުނު ފަރާތުގައި ރައްޔިތުންގެ ބުރަ މަސައްކަތުން 2007 ވަނަ އަހަރު ޖެޓީއެއް އެޅިގެންދިޔައެވެ. ހަމަ މިއާއިއެކު 2016 އޮކްޓޯބަރ 25 ގައި ބަނދަރެއް ހުޅުވިގެން ދިޔައެެވެ. އެހެން ނަމަވެސް ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރެވޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެގޮތުން ބަނދަރު ތެރެއަށް ފަސްގަނޑު ވަދެ ހިކިފައިވުމުގެ ސަބަބުން ބަނދަރުގެ ބޮޑުބައެއް ވަނީ ބޭނުންނުކުރެވި، ލަފާފުރުމަށް އެތައް ދަތިތަކަކާއި ކުރިމަތިވެފައެވެ.

ސިއްހީ ޚިދުމަތް ދިނުމަށް ރަށުގައި ސިއްހީ މަރުކަޒެއް ގާއިމުކޮށްފައި ހުންނައިރު 16 ގަޑިއިރު ހިދުމަތް ދެމުން ގެންދެއެވެ. އަދި ފަސޭހައިން ބޭސް ލިބޭނެ ގޮތް އެސްޓީއޯ އިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އެސްޓީއޯ ގެ ބޭސް ފިހާރައެއް ނެއްލައިދޫގައި ވެސް ހުރެއެވެ. ސަރުކާރުގެ ސްކޫލެއް ގޮތުގައި ހިންގަމުން އަންނަ ނެއްލައިދޫ ސްކޫލުގައި ސާނަވީ އަދި މަތީސާނަވީ އަށް ކިޔަވައިދެއެވެ. މުހިއްމު އަސާސީ ހައްގެއް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ފެނަކައިގެ ފަރާތުން 24 ގަޑިއިރަށް ދެމުންދެއެވެ. އިގްތިޞާދީ ނަޒަރިއްޔާތަކުން ބަލާއިރު ނެއްލައިދޫ އަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އާންމުންނަށް ޚިދުމަތް ދިނުމަށް 6 ފިހާރައާއި 2 ކެފޭ ހުޅުވާފައި ހުރެއެވެ.

” ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ރޮނގުން މުޅި ހާދާލުން އެއްވަނަ ހޯދައިފިތާދޯ ” ނެއްލައިދޫ އަކީ މަސްވެރިކަމުގައި އަތޮޅުން ފާހަގަކޮށްލެވޭ ރަށެކެވެ. ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް މަސްވެރިކަން ރަށުން އުވިދާތީ ކޮޅުނެއްކޮޅަށް ހިތާމަހުއްޓެވެ. މިހާރަކަށް އައިސް އާމްދަނީ ހޯދުމަށް ގިނަ ފިރިހެނުން މަސައްކަތް ކުރަމުން ގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ނަމަވެސް އެފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ އަތޮޅުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ މަަަސައްކަތް ހުއްޓި ދިގުލައިގެން ގޮސްފައިވުމެވެ. އެރަށްތަކުގެ މަސައްކަތް ނިމި އަވަސް މުސްތަގްބަލެއްގައި ޚިދުމަތް ދެވިގެން ދިޔުމަކީ ނެއްލައިދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ ވެސް އެދުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އޮފީސް ދާއިރާއާއި، ކޮންސްޓުރަކްޝަން ދާއިރާއާއި، ހުއިފިލަނޑާ ވިޔަފާރީގައި ރަށުގެ ޒުވާނުން ފެނިގެން ނުދެޔެކޭ ދެންނެވޭކަށް ނެތެވެ. އޭގެ އިތުރުން ނެއްލައިދޫ އަންހެންވެރިންނަކީ ހީވާގި ބައެކެވެ. އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ފަންގި ވިނުމާއި ލުއިކޮށް ކާލުމަށް ތައްޔާރުކުރެވޭ ހެދިކާ ވިއްކުމުގެ ވިޔަފާރި އަކީ އަންހެންވެރިންގެ މަސައްކަތްތަކުން ފާހަގަކޮށްލަންޖެހޭ ކަންކަމެވެ.

ރަށުގެ ޒުވާނުންގެ ކުރިމަގަށް ހާއްސަ އިސްކަމެއްދީގެން ކައުންސިލުން އިންތިޒާމްކުރާ އެންމެ ބޮޑު ހަރަކާތަކީ ކޮންމެ އަހަރެއްގެ ވެސް އަޟްހާ އީދާއި ދިމާކޮށް ބާއްވަމުން އަަންނަ ފުޓްބޯޅަ މުބާރާތެވެ. ޒުވާނުން ކުޅިވަރަށް ހުންނަ ފޯރިއާއި ޖޯޝު މިކަމުންވެސް ފެނިގެންދެއެވެ. ނެއްލައިދޫ އަކީ ފުޓްބޯޅައިން އަތޮޅު ފެންވަރުގައި ރަންވަނަ ތަކެއް ހާސިލްކޮށްފައިވާ ރަށެއްކަން ފާހަގަކުރަނީ ފަޚްރުވެރިކަމާއެކުއެވެ. ވޭތުވެދިޔަ ިދިގު މާޒީގައި، އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ދެއަހަރެއްގައި މުބާރާތް ކާމިޔާބު ކޮށްފައިވާ ނެއްލައިދޫ ގެ ނަން ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ ދާއިރާގައި ރަންއަކުރުން ފެވިގެން ދިޔުމަކީ ކުރެވޭ އުއްމީދެކެވެ.

ބިލެއްދޫ (ފ. އަތޮޅު)

މިއީ ފ. އަތޮޅުގައިމީހުން ދިރި އުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މިއަތޮޅުގައި މީހުން ދިރިއުޅޭ 5 ރަށުގެތެރެއިން އުތުރުން ދެވަނައަށް އޮންނަ ރަށެވެ.

އިންޑިޔާ

އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ (Vicinity) އެވެ.

އިންޑިޔާ އަކީ، ސިންދު ވާދީ ރަށްވެހިކަމުގެ ގޮވައްޗެވެ. ތާރީޚީ ވިޔަފާރި މަގު ތަކުގެ ސަރަޙައްދެވެ. ބޮޑެތި އަންބަރާޠޫރިއްޔަތުތަކެއް އުފެދުނު ބިމެވެ. ހިންދުސްތާނީ ބައްރެސަޣީރުގެ ދިގު ތާރީޚުގައި އެތަން މަޝްހޫރުވެފައިވަނީ ވިޔަފާރިއާ ސަގާފީ މުއްސަނދިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ މައި ދީންތަކުގެ ތެރެއިން ހިންދޫދީނާއި ބުދުދީނާއި ޖައިނިޒަމާއ ސިކުދީން އުފަންވީ އިންޑިޔާގެ ބިމުގައެވެ. މީލާދީން ފުރަތަމަ ސާސްކަފުގައި އިސްލާމްދީނާއި ޢީސާއީދީނާއި ޔަހޫދީދީނާއި ފާރިސީދީން އިންޑިޔާ އަށް ތަޢާރަފުވިއެވެ. ތަފާތުދީންތަކުގެ ސަބަބުން މި ސަރަޙައްދުގެ މީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިސަރަޙައްދަކީ ތަފާތު އެތައް ސަގާފަތެއް ފެނިގެންދާ ސަގާފީ މަރުކަޒަކަށް ވެގެން ދިއައެވެ. 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީ މީހުން އިންޑިޔާ އަށް އައެވެ. އަދި 19 ވަނަ ޤަރުނުގެ މެދެއްހާ ތާގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް އިންޑިޔާ ދިއައެވެ. ތަފާތު އެތައް ދުވަހެއްގެ ޞުލްޙަވެރި ޙަރަކާތްތަކެއްގެ ފަހުން 1947 ވަނަ އަހަރު އިންޑިޔާ، ޒަމާނީ ޤައުމެއްގެ ގޮތުގައި މިނިވަން ވިއެވެ.

ދުނިޔޭގެ 12 ވަނަ އަށް އެއްމެ ބޮޑު އިޤްތިޞާދަށް ވުމުގެ އިތުރުން ހަތަރުވަނަ އަށް އެއްމެ ގިނައިން މުދާ ގަންނަ ޤައުމަށް ވުމުގެ ސަބަބުން ފާއިތުވި ދަހައިގެ ތެރޭގައި އިންޑިޔާ އަށް ވަނީ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުން ތަކެއް ލިބިފައެވެ. ޤައުމުގެ ދިރިއުޅުމުގެ ޙާލަތު ކުރިޔަށް އޮތް ބައި ޤަރުނު ތެރޭގައި ވަރަށް ހަލުއިކޮށް ކުރިޔަށް ދާނެކަމަށް ބެލެވޭ ހިނދު، ތިމާވެށީގެ ރޮނގުންނާއި، ފަޤީރުވުމުގެ ސަބަބުން އަދި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ތަފާތު ނަސްލުގެ ތަފާތު ދީންތަކުގެ މީހުންގެ ގޮވައްޗެއް ކަމުގައިވާ މިޤައުމުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގައި ތަފާތު އެތައް ވައްތަރެއްގެ ޖަނަވާރު ދިރިއުޅެމުން ދެއެވެ.

އޮގަސްޓު 1

އޮގަސްޓު 1 އަކީ މީލާދީ ކަލަންޑަރުގެ 213 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 214 ވަނަ ދުވަހެވެ.

މަގޫދޫ (ފ. އަތޮޅު)

މަގޫދޫއަކީ އަތޮޅުވެރިކަންކުރާ ރަށް ނިލަންދޫގެ އިރުން އޮންނަ، މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެވަނަ ރަށެވެ. 18 ޖެނުއަރީ 1999 ގައިއަތޮޅުވެރިކަން ސަރުކާރުން ނިލަންދުއަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އަތޮޅުވެރިކަން ކޮށްފައިވެފައެވެ.

މިލަދޫ (ނ. އަތޮޅު)

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ އަކީ އާބާދީގައި 1393 މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން 702 މީހުންނަކީ އަންހެނުން އަދި 691 މީހުންނަކީ ފިރިހެނުންނެވެ. ރަށުގެ އާބާދީގެ 904 މީހުންނަކީ 18 އަހަރުން މަތީމީހުންނެވެ. މިރަށުން ޕްރީސްކޫލާއި ޕްރައިމަރީއާއި ސެކަންޑްރީ އަދި ސާނަވީ ތަޢުލީމު ފުރުސަތު ލިބޭނެއެވެ. ޕްރީސްކޫލުކުދިންގެ އަދަދަކީ 63 އެވެ. ޕްރައިމަރީއާއި ސެކަންޑްރީ ތަޢުލީމު މިވަގުތު ހޯދާ ދަރިވަރުންގެ އަދަދަކީ 151 ، އަދި ސާނަވީ ކުދިންގެ އަދަދަކީ 81 އެވެ. މިރަށުގައި މީހުން ދިރިއުޅެނީ 176 ގޭގައެވެ.

ފީއަލި (ފ. އަތޮޅު)

ފީއައްޔަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން ރަށްތައް އެތުރިފައިވާ އިރު އެންމެ އުތުރަށް އޮތް ރަށެވެ.މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.

ދިވެހިރާއްޖެ

ދިވެހިރާއްޖެ، ރަސްމީ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑު ގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ މިނިވަންވެފައި ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެއް ޤައުމެވެ. އަދިހަމައެއާއެކު 427,756ގެ ކުޑަ އާބާދީ އަކާއެކީ ދިވެހިރާއްޖެއަކީ އޭޝިޔާގައިވާ އެންމެ ކުޑަ ޤައުމުވެސްމެއެވެ

ޖުލައި

ޖުލައި މަހަކީ މީލާދީ ކަލަންޑަރުގެ ހަތްވަނަ މަހެވެ.

ޖުލައި 10

ޖުލައި 10 އަކީ މީލާދީ ކަލަންޑަރުގެ 191 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 192 ވަނަ ދުވަހެވެ.

ޖޫން

ޖޫން މަހަކީ މީލާދީ ކަލަންޑަރުގެ ހަވަނަ މަހެވެ.

ޖޫން 7

ޖޫން 7 އަކީ މީލާދީ ކަލަންޑަރު ގެ 158 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 159 ވަނަ ދުވަހެވެ. ޖޫން 7 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 207 ދުވަހެވެ.

ޢާއްމު ގޮތެއްގައި މިދުވަސް އަންނާނީ އަހަރުގެ 23 ވަނަ ހަފްތާގައެވެ.

ޖޫން 8

ޖޫން 8 އަކީ މީލާދީ ކަލަންޑަރުގެ 159 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 160 ވަނަ ދުވަހެވެ. ޖޫން 8 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 206 ދުވަހެވެ.

ޖެނުއަރީ

ފަންވަތް:JanuaryCalendar2019

ޖެނުއަރީ މަހަކީ މީލާދީ ކަލަންޑަރުގެ ފުރަތަމަ މަހެވެ.

ޖެނުއަރީ 1

ޖެނުއަރީ 1 އަކީ މީލާދީ ކަލަންޑަރުގެ ފުރަތަމަ ދުވަހެވެ.

އެހެން ބަސްބަހުން

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.