ކެނެޑާ

ކެނެޑާއަކީ އުތުރު އެމެރިކާގެ ބޮޑުބައި އެ ޤައުމުގެ އިމުގެ ތެރޭގައި ޙިއްޞާކުރާ ޤައުމެކެވެ. ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު ޤައުމަކީ ކެނެޑާއެވެ.

Canada
Flag of Canada Arms of Canada
Flag Arms
Motto: A Mari Usque Ad Mare  (Latin)
"From Sea to Sea"
Anthem: "O Canada"
Royal anthem: "God Save the Queen"
Location of Canada
CapitalOttawa
45°24′N 75°40′W / 45.400°N 75.667°W
Largest city Toronto
Official languages English and French
Recognised regional languages Inuktitut, Inuinnaqtun, Cree, Dëne Sųłiné, Gwich’in, Inuvialuktun, Slavey and Tłįchǫ Yatiì[1]
Ethnic groups 32.2% Canadian
21.0% English
15.8% French
15.1% Scottish
13.9% Irish
10.2% German
4.6% Italian
4.0% South Asian
3.9% Chinese
3.9% Ukrainian
3.8% Aboriginal
3.3% Dutch
3.2% Polish[2]
Demonym Canadian
Government Federal parliamentary democracy and constitutional monarchy[3]
 -  Monarch HM Queen Elizabeth II
 -  Governor General David Lloyd Johnston
 -  Prime Minister Justin Trudeau
Legislature Parliament
 -  Upper house Senate
 -  Lower house House of Commons
Establishment
 -  British North America Acts July 1, 1867 
 -  Statute of Westminster December 11, 1931 
 -  Canada Act April 17, 1982 
Area
 -  Total 9,984,670 km2 (2nd)
3,854,085 sq mi
 -  Water (%) 8.92 (891,163 km²/344,080 mi²)
Population
 -  2019 estimate ފަންވަތް:CanPopCommas [4] (36th)
 -  2006 census 31,241,030[5]
 -  Density 3.2/km2 (219th)
8.3/sq mi
GDP (PPP) 2008 estimate
 -  Total $1.300 trillion[6] (14th)
 -  Per capita $39,098[6] (13th)
GDP (nominal) 2008 estimate
 -  Total $1.499 trillion[6] (9th)
 -  Per capita $45,085[6] (18th)
Gini32.1 (2005)[7]
Error: Invalid Gini value
HDI (2007)Green Arrow Up Darker.svg 0.966[8]
Error: Invalid HDI value · 4th
Currency Dollar ($) (CAD)
Time zone (UTC−3.5 to −8)
 -  Summer (DST)  (UTC−2.5 to −7)
Date format dd-mm-yyyy, mm-dd-yyyy, and yyyy-mm-dd (CE)
Drives on the right
Calling code +1
Internet TLD .ca
Canada portal

ނަން

ކެނެޑާގެ ނަން އައިސްފައިވަނީ “ކަނަޓާ” މި ބަހުންނެވެ. މިބަހުގެ މާނައަކީ މީހުން ދިރިއުޅޭތަން ނުވަތަ ބަސްތީއެވެ.

ޖުޣުރާފީ

ކެނެޑާގެ އިރުމަތީގައި އެޓްލާންޓިކް ކަނޑު އޮތް އިރު، އެ ޤައުުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އެ ޤައުމުގެ އުތުރުގައި އޮތީ އާކްޓިކް ކަނޑެވެ. ކެނެޑާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ކެނެޑާ އާއި އެމެރިކާ ދެކުނު އަދި ހުޅަނގު އުތުރުން ޙިއްޞާ ކުރާ ބޯޑަރަކީ ދެ ޤައުމެއްގެ ދެމެދުގައިވާ އެންމެ ދިގު ބޯޑަރެވެ.

ތާރީޚު

ކެނެޑާގެ ފުރަތަމަ ވަޒަންވެރީން ނުވަތަ އަދިވާސީން އެ ޤައުމުގައި ދިރިއުޅެން ފަށާފައިވާތާ އެތައް ޒަމާނެއްވެއްޖެއެވެ. ފަރަންސޭސީންނާއި އިނގިރޭސީން ކެނެޑާއަށް ގޮސްފައިވަނީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައެވެ. ފަރަންސޭސިވިލާތުން ވަނީ ހަތް އަހަރުގެ ހަނގުރާމައަށް ފަހުގައި އުތުރު އެމެރިކާގައި ހުރި އެ ޤައުމުގެ ހުރިހާ ކޮލޮނީއެއްހެން 1763 ވަނަ އަހަރުގައި ދޫކޮށްލާފައެވެ. ކެނެޑާގެ ރަނިކަމުގައި އިނގިރޭސި ރާނީ އިންނެވި ނަމަވެސް ކެނެޑާއަކީ ޒާތީ މިނިވަންކަން ލިބިގެންވާ ޤައުމެކެވެ.

ޑެމޮގްރަފިކްސް

2006 ވަނަ އަހަރުގައިި ނެގި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެއިރު ކެނެޑާގެ އާބާދީއަކީ 31.6 މިލިއަން މީހުންނެވެ. 2001 ވަނަ އަހަރުން ފެށިގެން ކެނެޑާގެ އާބާދީއަށް ވަނީ 5.4% ގެ ކުރިއެރުމެއް އައިސްފައެވެ. ކެނެޑާގެ އާބާދީ އިތުރުވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމަށް ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވުމެވެ. ކެނެޑާގެ އާބާދީގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މީހުން ދިރިއުޅެމުން ގެންދަނީ އެމެރިކާއާ ގުޅޭ ބޯޑަރުގެ އައްސޭރީގައެވެ. ކެނެޑާގެ އާބާދީގެ ތެރެއިން 100000 މީހުން ދަޢުވާކުރާ ގޮތުގައި އެމީހުން ނިސްބަތްވަނީ ތަފާތު 43 ނަސްލަކަށެވެ. ކެނެޑާގެ އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ އިނގިރޭސި ނަސްލަށެވެ. އިނގިރޭސި ނަސްލަށް ނިސްބަތްވާ މީހުންނަކީ އާބާދީގެ 21% އެވެ. ދެން ފަރަންސޭސީންނެވެ. އެއީ 15.8%އެވެ. ސްކޮޓިޝް މީހުންނަކީ 15.2%އެވެ. އައިރިޝް މީހުންނަކީ 13.9% މީހުންނެވެ. ޖަރުމަނު މީހުންނަކީ 10.2% މީހުންނެވެ. އިޓާލިޔަނުންނަކީ 5% މީހުންނެވެ. ޗައިިނާ މީހުންނަކީ 3.9% އެވެ. ޔުކްރޭނިޔަނުންނަކީ 3.6% މީހުންނެވެ. އަޞްލު ރަށްވެހީންނަކީ މިހާރުގެ އާބާދީގެ 3.5% މީހުންނެވެ. ދެކުނު އޭޝިޔާ މީހުންނަކީ 4% އެވެ. ކަޅުމީހުންނަކީ 2.5% އެވެ. ކެނެޑާގެ 77% މީހުންނަކީ ނަޞާރާއިންނެވެ. 16.2% މީހުން އެއްވެސް ދީނެއް ޤަބޫލެއް ނުކުރެއެވެ. މުސްލިމުންނަކީ 2% މީހުންނެވެ. ޔަހޫދީންނަކީ 1.1% މީހުންނެވެ. ބުދިޒަމްއާއި ހިންދޫންނަކީ ކޮންމެ ބަޔަކުމެ 1.0% މީހުންނެވެ. ސިކުންނަކީ 0.9% މީހުންނެވެ.

ސަގާފަތު

ކެނެޑާގެ ސަގާފަތު ބައްޓަންވެފައިވަނީ އިނގިރޭސި، ފަރަންސޭސި އަދި ކެނެޑާގެ އަޞްލު ރަށްވެހީންގެ ސަގާފަތުގެ މައްޗަށް ބިނާވެގެންނެވެ.

އިޤްތިޞާދު

ކެނެޑާއަކީ ދުނިޔޭގައި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 45085 ޑޮލަރެވެ.

  1. "Official Languages Act" (PDF). Revised Statutes of NWT, 1988. Department of Justice, Northwest Territories. Retrieved 2009-11-01.

  2. "Ethnocultural Portrait of Canada Highlight Tables, 2006 Census". 2.statcan.ca. 2008-04-02. Retrieved 2009-10-10.

  3. "Queen and Canada". The Royal Household. 2008. Retrieved 2009-10-19.

  4. "Canada's population clock". Statistics Canada.

  5. "Ethnic origins, 2006 counts, for Canada, provinces and territories - 20% sample data". Statistics Canada. 4 January 2008. Retrieved 2009-10-19.

  6. 6.0 6.1 6.2 6.3

    "Canada". International Monetary Fund. Retrieved 2009-10-01.

  7. Cite error: Invalid <ref> tag; no text was provided for refs named cia_factbook
  8. "Human Development Report 2009" (PDF). United Nations. 2009. p. 167. Retrieved 2009-10-19.

ހިންދީ

ހިންދީ، ބަހަކީ ހުޅަނގު-ހިންދުސްތާނީ އާއިލާގެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ތިބީ އުތުރާއި މެދުތެރެއާއި ހުޅަނގު ހިންދުސްތާނުގައެވެ. ހިންދުސްތާނުގެ ރަސްމީ 18 ބަހުގެ ތެރެއިން އެންމެ މުހިއްމު ބަހެވެ. ވަރަށް ގިނަ ފަހަރު ހިންދީ ބަހާއި އުރުދޫ ބަހާ ދެމެދު ހުންނަނީ ކޮން ތަފާތުތަކެއް ކަމާ މެދު ސުވާލު އުފެދޭތަން އާދެއެވެ. މި ސުވާލުގެ ޖަވާބަކީ، ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮތްޕެވެ. ހިންދީ ބަސް ލިޔަނީ ދޭވަނާގަރީ އަކުރުންނެވެ. އުރުދޫ ބަސް ލިޔަނީ ފާރިސީ އަކުރުންނެވެ. ހިންދީ ބަހުގެ ބަސްކޮށާރުގައި ގިނައީ ސެންސިކިރުތު ޝަބްދުތަކެވެ. އުރުދޫ ބަހުގެ ބަސްކޮށާރު ބިނާވެފައި ވަނީ ފާރިސީ ލަފުޒުތަކުގެ މައްޗަށެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހާއި ހިންދީ ބަހުގެ ވެސް އަސްލު ކަމުގައިވާ ހިންދުސްތާނީ ބަސް ކަމަށް ވުމުން އުރުދޫ ބަސް ދަންނަ މީހުންނަށް ވެސް އަދި ހިންދީ ބަސް ދަންނަ މީހުންނަށް ވެސް ފިލްމީ ބަހުރުވަ އެނގެނީއެވެ.

ހިތުގެ ބަލި

ހިތުގެ ބަލި (އިނގިރޭސި ބަހުން: Heart Disease)ނިސްބަތްކުރެވެނީ ހިތް އަށް ޖެހޭ ތަފާތު ބަލިތަކަށެވެ. އެމެރިކާގައި އެކަނިވެސް ކޮންމެ 34 ސިކުންތަކުން އެކަކު މަރުވާ ކަމަށް ވެއެވެ. އެމެރިކާ، އިގިރޭސި ވިލާތް، ކެނެޑާ، އަދި ވޭލްސް ފަދަ ގައުމުތަކުގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމުގައި ބެލެވިފައިވަނީ ހިތުގެ ބަލިތަކެވެ.

ނޮން ކޮމިޝަންޑް އޮފިސަރ

ނޮން ކޮމިޝަންޑް އޮފިސަރ ( އެންސީއޯ) އިންނަކީ އަސްކަރިއްޔާގައި ކޮމިޝަން ނުކޮށް ތިބޭ ސިފައިންނެވެ. ނޮން ކޮމިޝަންޑް އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެމުންދަނީ އެންލިސްޓެޑް ރޭންކްތަކުން، އެރޭންކްތަކުގެ އިޚްތިޔާރުތަކާ އެކުގައެވެ.

ބައެއް ޤައުމުތަކުގެ އަސްކަރިއްޔާތަކުގައި އެންސީއޯ ކޯރ ގެތެރޭގައި ހުރިހާ ގްރޭޑެއްގެ ކޯޕްރަލުންނާއި ސާރޖެންޓުން ހިމެނެއެވެ. ވޮރަންޓް އޮފިސަރުންވެސް އެންސީއޯއިންގެ ޑިއުޓީތައް އަދާކުރެއެވެ. ކަނޑުގެ ސިފައިން (ނޭވީ) އިންނަށް ބަލާއިރު ހުރިހާ ގްރޭޑެއްގެ ޕެޓީ އޮފިސަރުންވެސް ހިމެނެނީ ނޮން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައެވެ. ނަން ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ތަފާތު ދެ ގިންތިއެއް ހިމެނެއެވެ. އެއީ ޖޫނިއަރ ނަން ކޮމިޝަންޑް އޮފިސަރ (ޖޭއެންސީއޯ) އަދި ސީނިއަރ (ނުވަތަ ސްޓާފް) ނޮން ކޮމިޝަންޑް އޮފިސަރުން (އެސްއެންސީއޯ) އިންނެވެ.

ބަންފު ޤައުމީ ޕާކު

ބަންފު ޤައުމީ ޕާކަކީ ކެނެޑާ ގައި ވާ އެންމެ ދުވަސްވީ ޤައުމީ ޕާކެވެ. މި ޕާކު ޤާއިމު ކުރެވުނީ 1885 ވަނަ އަހަރުގައެވެ.

ބުރެޒިލް

ބުރެޒިލް ނުވަތަ ފެޑެރޭޓިވް ރިޕަބްލިކް އޮފް ބުރެޒިލް އަކީ ދެކުނު އެމެރިކާ ސަރަޙައްދުގައި އޮތް ޤައުމެކެވެ. ޖޯގުރަފީގެ އަކަމިނަށް ބަލާއިރު ބުރެޒިލަކީ ފަސްވަނައަށް އެންމެ ބޮޑު ޤައުމެވެ. ހަމަ އެހެންމެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ވެސް ބުރެޒިލްއެވެ. އަދި ހަމަ އެހެންމެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޑިމޮކްރަސީއަކީ ވެސް ބުރެޒިލްއެވެ.

ބުރެޒިލް ކުރިން އޮތީ ޕޯޗުގަލްގެ ކޮލޮނީއެއްގެ ގޮތުގައެވެ. އެއީ މީލާދީން 1500 ވަނަ އަހަރުން ފެށިގެން 1822 ވަނަ އަހަރާ ހަމަޔަށެވެ. 1889 ވަނަ އަހަރުން ފެށިގެން ބުރެޒިލްއަކީ ޖުމްހޫރީ ވެރިކަމެެއް ހިނގާ ޤައުމެކެވެ. ބުރެޒިލްގެ މިހާރުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ބުރެޒިލްއަކީ ފެޑެރަލް ޖުމްހޫރީ ދައުލަތެކެވެ. ބުރެޒިލްގެ އިޤްތިޞާދަށް ގެނެވުނު ހެޔޮ ބަދަލުތަކާއެކު ބުރެޒިލް މިއަދު ވެފައިވަނީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ސަމާލުކަން ދޭ ޤައުމަކަށެވެ.

ކޮކާ ކޯލާ

ކޮކާ ކޯލާ، (ކޯކްގެ ނަމުގައި ވެސް މަޝްހޫރު ވެފައިވާ) މި ބުއިމަކީ ކޮކާ ކޯލާ ކުންފުނީގެ އުފެއްދުމެކެވެ. ކޮކާ ކޯލާއަކީ 200 ޤައުމަށް ވުރެ ގިނަ ގައުމުގައި ރެސްޓޯރެންޓް ތަކުގަޔާއި ކޯލާ (ކާރބޮނޭޓަޑް ބުއިން) މެކެވެ.

އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު

އިތުރަށް ބެއްލެވުމަށް: އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 2005 އަދި އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓު 1907

މި ޞަފްޙާގައި މިވަނީ އާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓެކެވެ. މި ލިސްޓު ހެދިފައިވަނީ އެއްމެ ފަހުގެ ރަސްމީ ހިސާބުތަކަށް ބަލައިގެންނެވެ. އެހެންނަމަވެސް އެކި ޤައުމުތަކުގެ ޢަދަދު ނެގިފައިވަނީ އެކި ދުވަސްވަރު ކަމަށްވާތީ ތަފާތެއް ހުރުމަކީ އެކަށީގންވާ ކަމެކެވެ.

މި ލިސްޓުގައި ހިމެނިފައިވަނީ އ.ދ. އިން ޤަބޫލު ކުރާ ޤައުމުތަކާއި ޓެރިޓަރީގެ އިތުރުން ޤަބޫލުނުކޮށް އަދި އޮތް 7 ތަނެކެވެ.

އިނގިރޭސި

އިނގިރޭސި ބަހަކީ އިނގިރޭސިވިލާތުގައި ތަރައްޤީ ވެގެން އައި ބަހެކެވެ. މިބަސް ނިސްބަތްވަނީ ހުޅަނގު އަލްމާނީ ބަސްތަކުގެ ޢާއިލާ އަށެވެ. މި އަދު މިބަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އޮސްޓަރުލިޔާ އާއި ކެނެޑާ އާއި އަޔަލޭންޑް އާއި ނިއުޒިލޭންޑް ގެ އިތުރުން އިނގިރޭސިލާތާއި އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ބަހެވެ. އަދި ދެވަނަ ބަހެއްގެ ގޮތުގައާއި ރަސްމީ ބަހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އިނގިރޭސި ބަސް ބޭނުން ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ކޮމަންވެލްތު ގެ ގައުމުތަކުގައެވެ. އަދި ހަމަ އެހެންމެ ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތް ތަކުގެ ރަސްމީ ބަހެއް ކަމުގައި ވެސް ކަނޑައަޅާފައިވާ ބަހަކީ އިނގިރޭސި ބަހެވެ.

ޒަމާނީ އިނގިރޭސި ބަހަކީ ދުނިޔޭގެ ލިންގުއާ ފްރާންކާގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މުވާޞަލާތާއި ސައެންސާއި ވިޔަފާރިއާއި އޭވިއޭޝަނާއި މުނިފޫހިފިލުވުމާއި ޑިޕްލޮމަސީ އާއި އިންޓަނެޓް ގައި ބޭނުން ކުރެވޭ މައި ބަހަކީ އިނގިރޭސި ބަހެވެ.

އިނގިރޭސި ވިލާތުގެ ރަށްތަކުން ބޭރުގައި އިނގިރޭސި ބަސް ބޭނުން ކުރެވެން ފެށީ ބިރިޠާނަވީ އަމްބަރާޠޫރިއްޔަތުގެ ސަބަބުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެމެރިކާ ނުފޫޒަކީ ވެސް އިނގިރޭސި ބަހަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ. އަދި ހަމަ އހެންމެ އެމެރިކާއިން ތަރައްޤީ ކުރި މުވާޞަލާތީ ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސި ބަހާ ނުލައި އުޅުމަކީ ދަތިކަމަކަށް ވެގެން ދިޔައެވެ.

ތަފާތު ޢިލްމީ ދާއިރާ ތަކުގެ އަސާސީ ބޭނުން ތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަން ޖެހޭތީ މުޅި ދުނިޔޭގެ ތަޢުލީމީ ނިޒާމުގައި ވެސް އިނގިރޭސި ބަސް ކޮންމެވެސް ދަރަޖައަކަށް ކިޔަވައިދެވެއެވެ.

އިސްޕެއިން

ކިންގްޑަމް އޮފް ސްޕެއިން ނުވަތަ އިސްޕެއިންއަކީ ހުޅަނގު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. އިސްޕެއިން އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ.

އުތުރުގެ އަލިތައް

މިއީ ދުނިޔޭގެ ދެކޮޅު (އުތުުރު ބިތް އަދި ދެކުނު ބިތް) ހިމެނޭ ހިސާބުން ރޭގަނޑު އުޑުމަތިން ފާހަގަވާ އަލިގަނޑެކެވެ. ނުވަތަ ޕޯލާރ ޒޯން އިން ބައެއް ފަހަރު ރޭގަނޑު ފެންނަ އަލިގަނޑެކެވެ. މިސަބަބަށްޓަކައި އަރޯރާ ޕޯލާރިސް މިއަލިތަކަށް ނިސްބަތްކޮށް ކިޔައި އުޅެއެވެ. ދުނިޔޭގެ އުތުރު ބިތުން ފެންނަ މިވައްތަރުގެ އަލިތަކަށް އަރޯރާ ބޮރެއާލިސް، އަދި ދެކުނު ބިތުން ފެންނަ އަލިތަކަށް އަރޯރާ އޮސްޓްރާލިސް އޭ ކިޔައި އުޅެއެވެ.

ޢާންމު ގޮތެއްގައި އުތުރުގެ އަލިތަކޭ ކިޔަނީ އުތުރު ބިތުން ފެންނަ ނުވަތަ ފާޅުވާ މިވައްތަރުގެ އަލިތަކަށް ނިސްބަތް ކޮށެވެ. އަރޯރާ ބޮރެއާލިސްގެ ނަންދެވިފައިވަނީ އިހުޒަމާނުގައި ގްރީކުންގެ ފަތިހުގެ ކަލާންގެ އަރޯރާ، އަދި ގްރީކު ބަހުން އުތުރުން ޖެހޭ ވަޔަށް ކިޔައި އުޅޭ ބޮރެއާލިސް އާއި ގުޅުވައިގެންނެވެ. ގްރީކުންގެ މެދުގައި އުތުރުން ޖެހޭ ވައިގެ ކަލާންގެ އަށް ވެސް ކިޔަނީ ބޮރެއާލިސް އެވެ.

މިއަލިތައް ޢާންމުގޮތެއްގައި އުތުރު ފަރާތުގެ އުދަރެހުން ފާޅުވަނީ މަޑު ރަތްކުލައެއްގައެވެ. އަރޯރާ ބޮރެއާލިސް އޭ ކިޔޭ އަލިތައް ޢާންމު ގޮތެއްގައި ފާޅުވަނީ ސެޕްޓެމްބަރުން އޮކްޓޯބަރަށް އަދި މާރޗުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ނޯރވޭގެ އުތުރުގެ ސަރަހައްދުން މިއަލިތައް އެންމެ ސާފުކޮށް ފެންނަށް ހުންނަނީ އޮކްޓޯބަރު، މާރޗް އަދި އޭޕްރީލް މަހުގެ ތެރޭގައެވެ.

އާދަޔާ ޚިލާފަށް އިރުގެ ހަރަކާތްތައް މަތިވެފައިވާނަމަ ނޯރވޭގެ އެންޑިނެސް އަށް އުޑުމަތި ސާފު އަދިރި ކޮންމެ ރެއަކު ފެނެއެވެ. އެމެރިކާގެ އެލަސްކާ އަށް ކޮންމެ މަހަކު 5-10 ފަހަރާއި ދެމެދުގެ މިންވަރަކަށް ފެނެއެވެ. ނޯރވޭގެ އޮސްލޯ އަށް މަހަކު 3 ރޭ ފެނެއެވެ. އެމެރިކާ އަދި ކެނެޑާ ގުޅުވައިދޭ ބޯޑަރު އޮންނަ ހިސާބަށް އަހަރަކު 2-4 ފަހަރު ފެނެއެވެ. މެކްސިކޯ އަދި މެދުތެރޭ ކަނޑުގެ ގައުމުތަކަށް ކޮންމެ 100 އަހަރަކުން 1 ފަހަރު ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ބުނެވޭގޮތުގައި މިއަލިތައް އުފެދެނީ ވަކި މިންވަރެއްގެ ބާރު ނުވަތަ ހަކަތަ އުފައްދައިދޭ އިލެކްޓްރޯން ތަކެއްގެ ސަބަބުންނެވެ. ނުވަތަ 1500-1000 ޥޯޓާއި ދެމެދުގެ ބާރު މިނުގައި ދައުރުވާ އިލެކްޓްރޯއިން އުފައްދައިދޭ ހަކަތައިންނެވެ. އަލިތައް އުފެދެނީ 150-80 ކިލޯ މީޓަރު އުހުގައި ޖައްވުގެ ތެރޭގައި މި އިލެކްޓްރޯންތަކާއި ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި ޖެހި ފުށު އަރާގޮތް ވުމުންނެވެ. ބައެއް ފަހަރު މިއަލިތައް ފެންނަނީ އުޑުމަތީގައި އިރުން ހުޅަގަށް ދަމާލެވިފައިވާ ފަރުދާތަކެއްގެ ސިފައިގައެވެ. އަނެއް ބައި ފަހަރު ވަށްބުރެން ހެން ނުވަތަ ވިއްސާރަ ދުންޏެއްހެން ވެސް ފާޅު ވެއެވެ.

ބައެއް ތިއަރީތައް ބުނާގޮތުން މިއަލިތައް އުފެދިގެން އަންނަނީ އިރުން ފޮނުވާ ނުވަތަ ބޭރުކުރާ ސޯލާރ ޕާޓިކްލް ތަކުންނެވެ. ފަޒާގެ ތެރޭގައި ހުންނަ މިޕާރޓިކްލް ތައް ޕްލާޒްމާ ކްލައުޑްގެ ގޮތުގައި ސިކުންތަކު 1000-300 ކިލޯ މީޓަރާއި ދެމެދުގެ ބާރު މިނުގައި ފަޒާގެ ތެރޭގައި ދައުރުވެއެވެ. އެހެން ނަމަވެސް މިޕްލާޒްމާ ކްލައުޑްތައް އަހަރެމެންގެ ބިމާއި ހަމައަށް ވާޞިލްވުމަށް 3-2 ދުވަސް ނަގައެވެ. ބިމާއި ކައިރިވުމުން ބިމުގައި ހުންނަ ދަގައްފާނީ ބާރުގެ އެހީގައި ދުނިޔޭގެ ދެކޮޅަށް މިބުނި ކްލައުޑްތައް ގެންދެއެވެ.

ފަޒާގެ ތެރޭގައި ދުނިޔޭގެ ދެކޮޅުގައި މިބުނި ސޯލާރ ޕާޓިކްލް ތައް ޖަމާވުމުން ޖައްވުގެ ތެރޭގައި ހިމެނޭ ވައިގެ ޒައްރާތަކާއި، ޖެހި ފުށުއަރައި ހަކަތައެއް އުފައްދައެވެ. އަދި އަރޯރާ ނުވަތަ އަލިގަނޑުތައް އުފެދިގެން ދެއެވެ.

މީލާދީން 1741 ގައި ހިއޯޓަސް އަދި ސެލްޒިއަސް މިއަލިތަކުގެ ތެރޭގައި އިލެކްޓްރިކް ކަރަންޓް ހުންނަކަން ހޯދިއެވެ. އުތުރުގެ އަލިތަކަށް އޭގެ ސައިންޓިފިކް ނަން އަރޯރާ ބޮރެއާލިސް އެންމެ ފުރަތަމަ ދިނީ އިޓަލީގެ އިލްމުވެރިއެއް ކަމުގައިވާ ގެލީލިއޯ ގެލީލީ އެވެ. މިއަލިގަނޑު ބެލުމަށް އަލިގަނޑު ފާޅުވާ ހިސާބަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ޒިޔާރަތް ކުރެއެވެ.

އެމެރިކާ

އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ.

3.7 މިލިއަން އަކަމޭލުގެ ބޮޑުމިނާއި އަދި 310 މިލިއަންގެ އާބާދީ އަކާއެކު އެމެރިކާ ވެފައިވަނީ ދުނިޔޭގެ 3 ވަނަ ނުވަތަ 4 ވަނަ އަށް އެންމެ ބިންބޮޑު އަދި ބިމުގެ ނިސްބަތަށް ބަލާއިރު 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގިނަ ބަޔަކު ހިޖުރަ ކުރާ ގައުމެއްގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދެވެ. 2005ގެ ހިސާބުތައް ދައްކާގެ ގޮތުން އެމެރިކާ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް އުޅެނީ 13 ޓްރިލިއަން އަށްވުރެ މަތީގައެވެ.

ލޮސްޓް (ޓީވީ ސިލްސިލާ)

ލޮސްޓް އަކީ އިގިރޭސި ޑްރާމާ ސިލްސިލާ އެކެވެ.

ގުރުދާ

މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ނުވަތަ (އިނގިރޭސި ބަހުން: Kidneys) އަކީ ވެއެވެ.އެއީ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ފެހި-އޮށެއްގެ ބައްޓަމަށް އަތް މުށްކެވުމުން މުށެއްވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ލަމްބާރ ވާޓެބްރާ ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ޕެރިނެފްރިކް ފެޓް (އިނގިރޭސި ބަހުން: perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ފެޓްގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި އެޑްރީނަލް ގްލޭންޑް (އިނގިރޭސި ބަހުން: Adrenal Gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅި ނުވަތަ (އިނގިރޭސި ބަހުން: Renal artery) ނުވަތަ ރީނަލް އާޓަރީގެ ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ ނުވަތަ އެއޯޓާ ނުވަތަ(އިނގިރޭސި ބަހުން: Aorta)ގެ ބަނޑާވީ ހިސާބުގައިވާ ބައި ނުވަތަ އެބްޑަމިނަލް އެއޯޓާ ނުވަތަ(އިނގިރޭސި ބަހުން: Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ ނުވަތަ(އިނގިރޭސި ބަހުން: Water soluble) މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި ނުވަތަ ގުރުތާ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ.

ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް ނުވަތަ(އިނގިރޭސި ބަހުން: Electrolytes) ، ނުވަތަ އިލެކްޓްރޮލައިޓް ގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި އެސިޑް-ބޭސް ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕަޓޭސިއަމް، އަދި ކެލްސިއަމް ފަދަ އިލެކްޓްރޮލައިޓްތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ.

އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ގްލޮމެރިއުލަސް ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ގްރެހަމް ބެލް

ގްރެހަމް ބެލް އުފަންވީ މީލާދީން 1847 ވަނަ އަހަރު އެވެ. އުފަން ތަނަކީ ސްކޮޓްލޭންޑް ގެ އެޑިންބަރަރ އެވެ. ފުރިހަމަ ނަމަކީ އެލެގްޒެންޑަރ ގްރެހަމް ބެލް އެވެ.

ގްރެހަމް ބެލް އެންމެ ބޮޑު އިސްކަމެއްދިނީ އަމިއްލަ މަސައްކަތުން ތަފާތު ކަންކަމާއި ބެހޭ މައުލޫމާތު ދިރާސާ ކުރުމަށެވެ. ތަޢުލީމް ޙާޞިލްކުރީ ވެސް އަމިއްލަ މަސައްކަތުންނެވެ. ގްރެހަމް ބެލްގެ ބައްޕައަކީ އަޑު ދަތުރުކުރާގޮތާ ބެހޭގޮތުން ދިރާސާތަކެއް ކުރި ޢިލްމުވެރިއެކެވެ. އެހެންކަމުން ގްރެހަމް ބެލް ވެސް ދިރިއުޅުމުގެ މައިދާނަށް ނިކުމެ ބައްޕަގެ މަސައްކަތުގައި ކުރިޔަށް ދިޔައެވެ.

1871 ވަނަ އަހަރު ގްރެހަމް ބެލް އެމެރިކާއަށް ޒިޔާރަތްކުރި އެވެ. އަދި އެތާގައި ކުރި ދިރާސާތަކެއްގައި ޓެލެފޯން ހެދުމުގެ މަސައްކަތް ކާމިޔާބު ކުރިއެވެ. ޓެލެފޯންގެ އީޖާދު ބޭނުންތެރި ކާމިޔާބު އީޖާދަކަށްވުމުގެ ސަބަބުން ގްރެހަމް ބެލް ވަރަށް ބޮޑު މުއްސައްޖަކަށްވިއެވެ. އެހެން ނަމަވެސް ގްރެހަމް ބެލް އޭނާގެ ދިރާސާތައް ކުރުމުގައި ދުވަސްތައް ހޭދަ ކުރަމުން ދިޔައެވެ. މިގޮތުން ބީރު މީހުންނަށް އަޑުއިވިދާނެ ގޮތެއް ހެދިދާނެތޯއާއި، އެފަދަ މީހުންނަށް އެއްޗެހި އަންގައިދެވޭނީ ކިހިނެއްތޯ ގްރެހަމް ބެލް ދިރާސާ ކުރިއެވެ.

ގްރެހަމް ބެލް އަށް ދެ ފިރިހެންކުދިން ލިބިފައިވެއެވެ. 1882 ގައި ގްރެހަމް ބެލް އެމެރިކާގެ ރައްވެއްސަކަށް ވިއެވެ. އޭނާ މިދުނިޔެ ދޫކުރީ 1922 ގައެވެ.

ސީ.އެން. ޓަވަރު

ސީ.އެން. ޓަވަރު ހުންނަނީ ކެނެޑާގެ ޓޮރޮންޓޯ ގައެވެ. ފުރަތަމަ ރޭވިފައި އޮތީ ފާލަމަކުން ގުޅުވާލެވިފައިވާ 3 ޓަވަރު ބިނާކުރުމަށެވެ. ޓަވަރުގެ އުސްމިނުގައި 553.33 މީޓަރު ހުރެއެވެ. ޓަވަރު ހުންނަނީ އެތެރެ ހުސްކޮށް ހުންނަ 3 ފައިގެ މަތީގައި ހިފެހެއްޓިފައެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ދިގު ފްރީ ސްޓޭންޑިންގ ސްޓްރަކްޗަރ އެވެ. ދުނިޔޭގެ ރިކޯޑް ފޮތް ބުނާގޮތުން 30 އަހަރު ވަންދެން ދުނިޔޭގެ އެންމެ އުސް ޢިމާރާތުގެ ގޮތުގައި ސީއެން ޓަވަރު ހޮވިފައި ވެއެވެ.

ސީ.އެން. ޓަވަރު ބިނާކުރުމުގެ މަސައްކަތް ފެށުނީ 12 ފެބުރުއަރީ 1973 ގައެވެ. ބިޔަ ބެކްހޯ އަކުން ޓޮރޮންޓޯގެ ބަދަރުގެ ކައިރީގައި އޮންނަ އޮންޓާރިއޯ ކުޅީގެ އައްސޭރި ފަށުން 50 ފޫޓް ފުން މިނަށް ޓަވަރު ހެދުމަށް ކޮނެވުނެވެެ. އެއަށްފަހު ވައި އަކުރެއްގެ ބައްޓަމަށް ކޮންކްރީޓް، ދަގަނޑު، އަދި އެކަތަ އެއްކޮށް އަތުރާލެވުނެވެ. ވައި އަކުރުގެ ކޮންމެ ފަޔަކުން އެތެރެ ހުސްކޮށް އިންނަ ފައެއް މައްޗަށް އިދެއެވެ.

ސީ.އެން. ޓަވަރު ގެ ބިންގާގެ މަސައްކަތް ނިންމުމަށް ހޭދަވީ 4 މަސް ދުވަހެެވެ. ޓަވަރު ބިނާކުރުމަށް ކޮންމެ ހަފްތާ އަކު 5ދުވަހު ފުލްކޮށް މަސައްކަތް ކޮށްފައި ވެއެވެ. 1100 ފޫޓަށް ޓަވަރު ބިނާކުރެވުމުން ސްކައި ޕޮޑްގެ މަސައްކަތް ފެށުނެވެ. ސްކައި ޕޮޑް ގައި ހިމެނެނީ 7 ބުރީގެ ބަޔަކާއި، 2 އޮބްޒަވޭޝަން ޑެކް، ވަށައިގެން އެބުރޭ ރެސްޓޯރަންޓް، ނައިޓް ކްލަބް، އަދި ބްރޯޑް ކާސްޓިންގ އިކްއިޕްމަންޓް ތަކެކެވެ.

ސްކައި ޕޮޑް މަތިން ޓަވަރު މައްޗަށް ގޮސް ނިމިފައިވަނީ ސްޕޭސް ޑެކް އަށެވެ. މިތަން އިންނަނީ ސްކައި ޕޮޑަށްވުރެ 465 ފޫޓް އުހުގައެވެ. ސްޕޭސް ޑެކަށް އެރުމުން 75 މޭލު ދުރު ބަލާލެވޭ ކަމަށްވެއެވެ. ސްޕޭސް ޑެކްގެ މަތިން ދެން އިންނަނީ އެންޓަނާއެވެ.

ސީ.އެން. ޓަވަރު ބިނާކުރުމުގެ އެންމެ ފަހު މަރުހަލާގައި ސިރޮސްކީ ސްކައި ކްރޭން ހެލިކޮޕްޓަރަކުން ކޮމިއުނިކޭޝަން މަސްޓް ގެ ބައިތައް އެތުރުމަށް ޓަވަރުގެ މައްޗަށް ގެންދެވުނެވެ. ކޮމިއުނިކޭޝަން މަސްޓް ގެ ބައިތައް އަތުރައި ގުޅުވުމަށް 40 ހާސް ބޯލްޓް ބޭނުންކޮށްފައި ވެއެވެ. މިބުނި މަސްޓްގެ ވަށައިގެން ފައިބަރު ގްލާސް ފަށަލައެއް ފަހުން ލެވުނެވެ. އެއީ ފިންޏާއި އައިސް ޖެހުމުން ހިމާޔަތް ކުރުމަށްޓަކައެވެ. މިއީ ރޭޑިޔޯ އަދި ޓީވީ ގެ ސިގްނަލްތައް އުފުލައިދޭ 335 ފޫޓްގެ އެންޓަނާއެކެވެ.

ސީ.އެން. ޓަވަރު އެއްކޮށް ބިނާކޮށް ނިމުނީ 2 އޭޕްރީލް 1975 ގައެވެ. ޢާންމުކޮށް ޓަވަރު ހުޅުވާލެވުނީ 26 ޖޫން 1976 ގައެވެ. ރަސްމީކޮށް ޓަވަރު ހުޅުވުނީ 1 އޮކްޓޯބަރު 1976 ގައެވެ. ބިނާކުރުމުގެ މަސައްކަތަށް 57 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައި ވެއެވެ. ސީ.އެން. ޓަވަރު ބިނާކޮށްފައިވަނީ ގަޑިއަކު 260 މޭލު ބާރު މިނުގައި ވައި ޖެހުނު ކަމުގައި ވިޔަސް އެއަށް ޓަވަރު ތަޙައްމަލު ކުރެވޭގޮތަށެވެ. ބާރުގަދަ ވައިގެ ތެރޭގައި މަތީގައިވާ އެންޓަނާގެ ހަމަ ހިފެހެއްޓޭ ގޮތަށް ވަނީ ތައްޔާރު ކުރެވިފައެވެ. މިޓަވަރު ބޭނުންކުރެވެނީ ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތަކުގެ ޓްރާންސްމިޝަން ޓަވަރެއްގެ ގޮތުގައެވެ. މިޓަވަރު ފަރުމާ ކޮށްފައިވަނީ އޮސްޓްރޭލިޔާގެ ޖޯން އެންޑްރޫވް އެވެ.

ސީ.އެން. ޓަވަރު ގައި މިފަހަކުން އައިސް ވަނީ ދެކަރަންޓް ސިޑި ހަރުކުރެވިފައެވެ. މިކަރަންޓް ސިޑި ނުވަތަ އިލެވޭޓަރު ބެހެއްޓުމަށް 2579 ފިޔަވަޅު އިންނަ ސްޓެއަރ ކޭސް އެއް ވަނީ ޓަވަރުގެ އެތެރެއިން ހަރުކުރެވިފައެވެ. މީގެ އިތުރުން ސްކައި ޕޮޑްގެ އޮބްޒަވޭޝަން ޑެކަށް ވަނީ ބިއްލޫރި ތަޅުމެއް އިތުރު ކުރެވިފައެވެ. ޓަވަރަށް އަރާ މީހުންގެ ކިބައިން ފާހަގަ ވެފައިވާ ގޮތުން އެންމެ ގިނަބަޔަކު ޓަވަރަށް އެރުމަށްފަހު ބުނެފައިވާ ބަހަކީ Awesome އެވެ.

ސީ.އެން. ޓަވަރުގެ ނަން ނިސްބަތް ވަނީ ކެނޭޑިއަން ނޭޝަނަލް ރެއިލްވޭ އަށެވެ. ނަމަވެސް 1995 ވަނަ އަހަރު އެކުންފުނިން ކެނެޑާ ލޭންޑްސް ކަމްޕަނީ އަށް ޓަވަރުގެ ކަންތައްތައް ބެލެހެއްޓުން ހަވާލު ކުރިއެވެ. އެއަށްފަހު ވެސް ޓޮރޮންޓޯގެ އަހުލުވެރިން ސީ.އެން. ޓަވަރު ގެ ނަން އެގޮތުގައި ބަހައްޓަން ބޭނުން ވިއެވެ. އެހެން ކަމުން މިއަދު ކެނޭޑިއަން ނޭޝަނަލް ގެ ބަދަލުގައި ޓަވަރު ނިސްބަތް ކުރެވެނީ ކެނެޑާޒް ނޭޝަނަލް މިނަމަށެވެ.

ޖޫން 10

ޖޫން 10 އަކީ މީލާދީ ކަލަންޑަރުގެ 161 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 162 ވަނަ ދުވަހެވެ. ޖޫން 10 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 204 ދުވަހެވެ.

ޖޫން 12

ޖޫން 12 އަކީ މީލާދީ ކަލަންޑަރުގެ 163 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 164 ވަނަ ދުވަހެވެ. ޖޫން 12 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 202 ދުވަހެވެ.

ޖޫން 18

ޖޫން 18 އަކީ މީލާދީ ކަލަންޑަރުގެ 169 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 170 ވަނަ ދުވަހެވެ. ޖޫން 18 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 196 ދުވަހެވެ.

ޖޫން 9

ޖޫން 9 އަކީ މީލާދީ ކަލަންޑަރުގެ 160 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައި 161 ވަނަ ދުވަހެވެ. ޖޫން 9 ވަނަ ދުވަހުގެ ފަހުން އަހަރުގައި ބާކީ އޮންނާނީ 205 ދުވަހެވެ.

އެހެން ބަސްބަހުން

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.