ބަސް

ބަހަކީ އެކަކު އަނެކަކާ މުވާސަލާތު ކުރުމަށް ބޭނުންކުރާ ނިޝާންތަކާއި އަޑުތަކާއި އަދިވެސް އެފަދަ އެހެނިހެން ވަސީލަތްތަކެވެ. ބަސް ވަނީ ހަމައެކަނި އިންސާނުންނަށް ޚާއްސަވެފައެވެ. އިންސާނުން ފިޔަވާ އެނޫން އެއްވެސް މަހުލޫގަކު މުއާސަލާތު ކުރުމަށް ބަހެއް ބޭނުމެއް ނުކުރެއެވެ. ބަސް އުފެދިގެން އައީ ކިހިނެއް ކަން ވަނީ ހޯދުމުގެ ތެރޭގައެވެ. އެހެނަސް، އިނސާނުން ވާހަކދެއްކުމަށް މަގުފަހިކުރުވާ ޖީން ވަނީ ހޯދިފައެވެ.

ބަހަކީ ސަގާފަތާ ގުޅި ލާމެހިފައިވާ ނިޒާމެކެވެ. އެހެންކަމުން އެކި ހާލަތްތަކުގައި ބަސް އިސްތިއުމާލު ކުރެވުން ތަފާތު ވެދެއެވެ. މީހާގެ އުމުރުގެ ސަބަބުން ބަހުގެ ވަކި ހަމަތަކެއް ހިފަހައްޓަފާނެ އެވެ. ނުވަތަ ޖިންސްގެ ސަބަބުން ވަކި ބަސްތަކެއް ދޫކޮށްލަފާނެ އެވެ. މުހާތަބުކުރާ ބަސް ކަނޑައަޅަނީ މީހާގެ އުމުރާއި، ޖިންސާއި، ވާހަކަ ދައްކާ އަދި ނިސްބަތްވާ މީހާގެ މިނަށް ބަލާފައެވެ.

Wiki letter w.svg މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.

Heidi Avellan pa Norden i fokus seminariet om det svenska valet 2010 (1)
ބަސް
ހިންދީ

ހިންދީ، ބަހަކީ ހުޅަނގު-ހިންދުސްތާނީ އާއިލާގެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ތިބީ އުތުރާއި މެދުތެރެއާއި ހުޅަނގު ހިންދުސްތާނުގައެވެ. ހިންދުސްތާނުގެ ރަސްމީ 18 ބަހުގެ ތެރެއިން އެންމެ މުހިއްމު ބަހެވެ. ވަރަށް ގިނަ ފަހަރު ހިންދީ ބަހާއި އުރުދޫ ބަހާ ދެމެދު ހުންނަނީ ކޮން ތަފާތުތަކެއް ކަމާ މެދު ސުވާލު އުފެދޭތަން އާދެއެވެ. މި ސުވާލުގެ ޖަވާބަކީ، ހިންދީ ބަހާއި އުރުދޫ ބަހަކީ ހިންދުސްތާނީ ބަހުގެ ދެގޮތްޕެވެ. ހިންދީ ބަސް ލިޔަނީ ދޭވަނާގަރީ އަކުރުންނެވެ. އުރުދޫ ބަސް ލިޔަނީ ފާރިސީ އަކުރުންނެވެ. ހިންދީ ބަހުގެ ބަސްކޮށާރުގައި ގިނައީ ސެންސިކިރުތު ޝަބްދުތަކެވެ. އުރުދޫ ބަހުގެ ބަސްކޮށާރު ބިނާވެފައި ވަނީ ފާރިސީ ލަފުޒުތަކުގެ މައްޗަށެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުން ކުރަނީ އުރުދޫ ބަހާއި ހިންދީ ބަހުގެ ވެސް އަސްލު ކަމުގައިވާ ހިންދުސްތާނީ ބަސް ކަމަށް ވުމުން އުރުދޫ ބަސް ދަންނަ މީހުންނަށް ވެސް އަދި ހިންދީ ބަސް ދަންނަ މީހުންނަށް ވެސް ފިލްމީ ބަހުރުވަ އެނގެނީއެވެ.

ރަސްމީ ބަސް

ރަސްމީ ބަހަކީ ޤައުމެއްގައި ވާހަކަ ދައްކާ ބަސްބަހުގެ ތެރެއިން އިދާރީ ގޮތުން ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ބަހެވެ. ނުވަތަ ބަސްބަހެވެ.

ބަންގާޅު

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލާދޭޝް ނުވަތަ ބަންގާޅަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. ބަންގްލާދޭޝަކީ ޤުދުރަތީ ކާރިސާތަކާ އަބަދުމެ ކުރިމަތިލާން ޖެހިފައި އޮންނަ ޤައުމެކެވެ. އާބާދީއަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް ހަތް ވަނަ އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ބަންގާޅެވެ.

އަބްދުﷲ ޖަލާލުއްދީން

[[Imag

=== e:Jal.gif|thumb|left|އަބުދުﷲ ޖަލާލުއްދީން]]

އަބުދުﷲ ޖަލާލުއްދީން އަކީ ދިވެހި ބަހާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އަދި އޭނާ އަކީ ދިވެހި ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރެއްވުމަށް މަސައްކަތްކުރެއްވި ދީނީ މުރުޝިދެކެވެ. 1998 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ހުޅުވުނު ޖަލާލުއްދީން ސުކޫލް ގެ ނަން ނިސްބަތްވަނީ ޢަބުދުﷲ ޖަލާލުއްދީން އަށެވެ. ޖަލާލުއްދީން އަކީ ޅ. ނައިފަރަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ޢަބުދުﷲ ޖަލާލުއްދީންގެ ބައްޕާފުޅަކީ މަޢުލަވީ އައްޝައިޚް ޢަލީ ދީދީ (ނައިފަރު ހުތް ޢަލީދީދީ) އެވެ. މަންމަ އަކީ އެރަށު ތަންހަޅިގޭ ފާޠިމަތު ޙުސައިން އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ފެބުރުއަރީ 1902 ގައެވެ. (11 ޛުލްޤަޢިދާ 1319ހ)

އައްޑުއަތޮޅު

އައްޑުއަތޮޅަކީ ދިވެހިރާއްޖެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. މިއަތޮޅުގައި އޮތް 23 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ ހަ ރަށުގައެވެ. އެއީ މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުދޫ މި ހަރަށެވެ. އައްޑުއަތޮޅަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގައި އޮތް އެންމެ އާބަދީ ބޮޑު އަތޮޅެވެ.

ޮ

އައްޑުއަތޮޅުގައި ރަށުގެ އަދަދު މަދު ކަމުގައިވިއަސް، ރާއްޖޭގެ އެހެނިހެން އަތޮޅު ތަކާއި އަޅާ ބަލާއިރު ރަށްތައް ބޮޑެވެ. ގިނަ ރަށްތައް ވަނީ ހުޅަނގު ފަރާތު ފަރުތަކާއި ގުޅިފައެވެ. މިރަށްތައް ވަނީ ކޯސްވޭ ނުވަތަ މަގުތަކުގެ އެހީގައި ގުޅުވާލެވިފައެވެ. ހުދޫ އާއި މީދޫ އަކީ ވަކިން އޮތް އެކަހެރި އެހެނަސް ވަރަށް ބޮޑު އަދި މުހިންމު ތާރީޚެއް ހިއްސާ ކުރާ ދެރަށެވެ. މިދެރަށް އިދާރީ ގޮތުން އެއްކޮށްލުމަށް ކުރެވުނު މަސައްކަތް މިހާތަނަށް ނާކާމިޔާބު ވެފައި ވިއަސް، ބައެއް ފަހަރު މިދެރަށަށް ނިސްބަތް ކުރުމުގައި 'ހުޅުމީދޫ' މިނަން ބޭނުން ކުރެވެއެވެ. މީދޫގެ އާއިލާތަށް ދިރާސާ ކުރަށްވާ ސޭފުގޭ އިބްރާހިމްދީދީ ވިދާޅު ވަނީ އައްޑޫގެ ހުރިހާ ރައްތަކެއްވެސް ފަޅު ވުމަށް ފަހު އަލުން އާބާދު ކުރުމުގައި މީދޫގެ ހިއްސާ ބޮޑު ކަމުގައެވެ.

އައްޝައިޚް ޢުމަރު ޢީސާ

އައްޝައިޚް ޢުމަރު ޢީސާ އަކީ ކުޅަދާނަ ޅެންވެރި އެކެވެ. ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި އެކެވެ. މުދައްރިސެކެވެ. ލިޔުންތެރި އެކެވެ. ސަރުކާރަށް ޚިދުމަތްކުރެއްވި ޚާދިމެކެވެ.

އަދަބިއްޔާތު

މައްޝޫރު އުސްތާޒުލް ޖީލް އަދި ބަހަށް އަރައިހުންނެވި އަދީބު، ބަހުގެ އެދުރުންނާ ހަވާލާ ދެއްވައި ބަޔާން ކުރައްވާ ގޮތުގައި އަދަބިއްޔާތަކީ، މީހާ ކުރާ ކުށްތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނި ގަތުމެވެ. އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް މެދުވެރި ކުރާ ކަންތަކެވެ.

އިލްމަކަށް ކިޔޭ ނަމެއްގެ ގޮތުގައި މިބަހުގެ މާނަކުރައްވަނީ، ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނައިލެވިފައި ހުންނަ ޅެން ބަހުރުވައާއި އަމުނައިލުމެއް ނެތި އުކައިލެވިފައި ހުންނަ ލިޔާ ބަހުރުވައިގެ ބަސްތަކަށެވެ. އަދި އެތަކެތި ޝަރަހަކޮށް ބަޔާން ކުރުމަށްޓަކައި ބޭނުން ކުރެވޭ މައުލޫމާތު ތަކަށެވެ. އަދި އެތަކެއްޗާމެދު ފާޑު ކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި ލިޔުންތަކަށެވެ. އެފަދަ ތަކެއްޗަކީ، ކިޔާ މީހާއާއި އަހާމީހާގެ ހިތަށް އުފަލެއް ނުވަތަ ހިތާމައެއް ނުވަތަ އެހެންވެސް ފުން ޝޫރެއް ވައްދައިދޭފަދަ ޅެން ބަހުރުވައާއި ލިޔާ ބަހުރުވަ ތަކެވެ. ބަސް މޮށުންތެރީންގެ އަގުހުރި ހުތުބާ ތަކާއި ތަގުރީރު ތަކެވެ. މަޒުމޫނު ތަކާއި ލިޔުންތަކެވެ. ރީތި ވާހަކަ ތަކެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އަދަބެވެ.

އަދަބުގެ އިލްމު ލިބިގަތުމަށް ޓަކައި ފިކުރު ކުރަން އެނގޭ ހިތަކާއި، ފައުޅުކޮށް ބަޔާން ކުރަން އެނގޭ ދުލަކާއި، ސިފަކޮށް ދެއްކޭފަދަ ބަސްމަގެއް ބޭނުން ވެއެވެ. އަދަބުގެ އިލްމުގެ ތެރެއަށް ވަންނަ މީހުން މިކަން ހަނދާން ކުރާން ޖެހެއެވެ.

އިނގިރޭސި

އިނގިރޭސި ބަހަކީ އިނގިރޭސިވިލާތުގައި ތަރައްޤީ ވެގެން އައި ބަހެކެވެ. މިބަސް ނިސްބަތްވަނީ ހުޅަނގު އަލްމާނީ ބަސްތަކުގެ ޢާއިލާ އަށެވެ. މި އަދު މިބަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. އޮސްޓަރުލިޔާ އާއި ކެނެޑާ އާއި އަޔަލޭންޑް އާއި ނިއުޒިލޭންޑް ގެ އިތުރުން އިނގިރޭސިލާތާއި އެމެރިކާގެ ވަރަށް ގިނަ ބައެއްގެ މާދަރީ ބަހަކީ އިނގިރޭސި ބަހެވެ. އަދި ދެވަނަ ބަހެއްގެ ގޮތުގައާއި ރަސްމީ ބަހެއްގެ ގޮތުގައި މުޅި ދުނިޔޭގައި އިނގިރޭސި ބަސް ބޭނުން ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ކޮމަންވެލްތު ގެ ގައުމުތަކުގައެވެ. އަދި ހަމަ އެހެންމެ ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތް ތަކުގެ ރަސްމީ ބަހެއް ކަމުގައި ވެސް ކަނޑައަޅާފައިވާ ބަހަކީ އިނގިރޭސި ބަހެވެ.

ޒަމާނީ އިނގިރޭސި ބަހަކީ ދުނިޔޭގެ ލިންގުއާ ފްރާންކާގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. މުވާޞަލާތާއި ސައެންސާއި ވިޔަފާރިއާއި އޭވިއޭޝަނާއި މުނިފޫހިފިލުވުމާއި ޑިޕްލޮމަސީ އާއި އިންޓަނެޓް ގައި ބޭނުން ކުރެވޭ މައި ބަހަކީ އިނގިރޭސި ބަހެވެ.

އިނގިރޭސި ވިލާތުގެ ރަށްތަކުން ބޭރުގައި އިނގިރޭސި ބަސް ބޭނުން ކުރެވެން ފެށީ ބިރިޠާނަވީ އަމްބަރާޠޫރިއްޔަތުގެ ސަބަބުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ އެމެރިކާ ނުފޫޒަކީ ވެސް އިނގިރޭސި ބަހަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ. އަދި ހަމަ އހެންމެ އެމެރިކާއިން ތަރައްޤީ ކުރި މުވާޞަލާތީ ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސި ބަހާ ނުލައި އުޅުމަކީ ދަތިކަމަކަށް ވެގެން ދިޔައެވެ.

ތަފާތު ޢިލްމީ ދާއިރާ ތަކުގެ އަސާސީ ބޭނުން ތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަން ޖެހޭތީ މުޅި ދުނިޔޭގެ ތަޢުލީމީ ނިޒާމުގައި ވެސް އިނގިރޭސި ބަސް ކޮންމެވެސް ދަރަޖައަކަށް ކިޔަވައިދެވެއެވެ.

އިންޑިޔާ

އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ (Vicinity) އެވެ.

އިންޑިޔާ އަކީ، ސިންދު ވާދީ ރަށްވެހިކަމުގެ ގޮވައްޗެވެ. ތާރީޚީ ވިޔަފާރި މަގު ތަކުގެ ސަރަޙައްދެވެ. ބޮޑެތި އަންބަރާޠޫރިއްޔަތުތަކެއް އުފެދުނު ބިމެވެ. ހިންދުސްތާނީ ބައްރެސަޣީރުގެ ދިގު ތާރީޚުގައި އެތަން މަޝްހޫރުވެފައިވަނީ ވިޔަފާރިއާ ސަގާފީ މުއްސަނދިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ މައި ދީންތަކުގެ ތެރެއިން ހިންދޫދީނާއި ބުދުދީނާއި ޖައިނިޒަމާއ ސިކުދީން އުފަންވީ އިންޑިޔާގެ ބިމުގައެވެ. މީލާދީން ފުރަތަމަ ސާސްކަފުގައި އިސްލާމްދީނާއި ޢީސާއީދީނާއި ޔަހޫދީދީނާއި ފާރިސީދީން އިންޑިޔާ އަށް ތަޢާރަފުވިއެވެ. ތަފާތުދީންތަކުގެ ސަބަބުން މި ސަރަޙައްދުގެ މީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އައިސް މިސަރަޙައްދަކީ ތަފާތު އެތައް ސަގާފަތެއް ފެނިގެންދާ ސަގާފީ މަރުކަޒަކަށް ވެގެން ދިއައެވެ. 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީ މީހުން އިންޑިޔާ އަށް އައެވެ. އަދި 19 ވަނަ ޤަރުނުގެ މެދެއްހާ ތާގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް އިންޑިޔާ ދިއައެވެ. ތަފާތު އެތައް ދުވަހެއްގެ ޞުލްޙަވެރި ޙަރަކާތްތަކެއްގެ ފަހުން 1947 ވަނަ އަހަރު އިންޑިޔާ، ޒަމާނީ ޤައުމެއްގެ ގޮތުގައި މިނިވަން ވިއެވެ.

ދުނިޔޭގެ 12 ވަނަ އަށް އެއްމެ ބޮޑު އިޤްތިޞާދަށް ވުމުގެ އިތުރުން ހަތަރުވަނަ އަށް އެއްމެ ގިނައިން މުދާ ގަންނަ ޤައުމަށް ވުމުގެ ސަބަބުން ފާއިތުވި ދަހައިގެ ތެރޭގައި އިންޑިޔާ އަށް ވަނީ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުން ތަކެއް ލިބިފައެވެ. ޤައުމުގެ ދިރިއުޅުމުގެ ޙާލަތު ކުރިޔަށް އޮތް ބައި ޤަރުނު ތެރޭގައި ވަރަށް ހަލުއިކޮށް ކުރިޔަށް ދާނެކަމަށް ބެލެވޭ ހިނދު، ތިމާވެށީގެ ރޮނގުންނާއި، ފަޤީރުވުމުގެ ސަބަބުން އަދި ލިޔަންކިޔަން ނުދަތުމާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ތަފާތު ނަސްލުގެ ތަފާތު ދީންތަކުގެ މީހުންގެ ގޮވައްޗެއް ކަމުގައިވާ މިޤައުމުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގައި ތަފާތު އެތައް ވައްތަރެއްގެ ޖަނަވާރު ދިރިއުޅެމުން ދެއެވެ.

އިބްރާހިމް ޝިހާބް

އިބްރާހީމް ޝިހާބު އަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އެއީ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ދިވެހި ރާއްޖޭގެ ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވެވި އިއްޒަތްތެރި އެކެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަ ކުރެވެނީ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރެވެނީ އިބްރާހީމް ޝިހާބު އަވަހާރަވި ދުވަހާއި ގުޅުވައިގެންނެވެ.

އެމެރިކާ

އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ.

3.7 މިލިއަން އަކަމޭލުގެ ބޮޑުމިނާއި އަދި 310 މިލިއަންގެ އާބާދީ އަކާއެކު އެމެރިކާ ވެފައިވަނީ ދުނިޔޭގެ 3 ވަނަ ނުވަތަ 4 ވަނަ އަށް އެންމެ ބިންބޮޑު އަދި ބިމުގެ ނިސްބަތަށް ބަލާއިރު 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގިނަ ބަޔަކު ހިޖުރަ ކުރާ ގައުމެއްގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދެވެ. 2005ގެ ހިސާބުތައް ދައްކާގެ ގޮތުން އެމެރިކާ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް އުޅެނީ 13 ޓްރިލިއަން އަށްވުރެ މަތީގައެވެ.

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ފަރަންސޭސިވިލާތް

ފްރެންޗް ރިޕަބްލިކް ނުވަތަ ފްރާންސަކީ ހުޅަނގު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. މީގެ އިތުރުން ފަރަންސޭސީންގެ ދަށުގައި އޮންނަ އޯވަސީސް އައިލެންޑްސްތަކާއި ޓެރިޓަރީތައް އެހެން ބައްރުތަކުގައި ވެސް އެބަހުއްޓެވެ.

ފަރަންސޭސިވިލާތަކީ ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރާ ޤައުުމެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 82 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާ ކަމުގައިވެއެވެ.

ދިވެހި

ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން )ސާންސްކިރިތު (ބަހަށެވެ. މިދެންނެވި ސާންސްކިރިތުގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންހަޅަ، މި ބަސްބަހެވެ، ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި،ޤަވާއިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަލުގަނޑުމެންގެ އިންޑިކު ނުވަތަ ސާންސްކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރާސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.

ދިވެހިބަހަށް ބަލާއިރު, ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަލުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެ އެވެ. މިހެން ދިމާވާންވި އެތައް ސަބަބުތަކެއްވެ އެވެ. އެންމެފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގަ އެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންނަން މަސައްކަތްކަތްކުރި މީހުން ރާއްޖެ އަތުލަން ބޭނުންވެފައިވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތް މުހިންމު މަޤާމަށްޓަކަ އެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން، ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ ދިވެހިރާއްޖެ އެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގަ އެވެ. ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް ދިވެހިރާއްޖެ އަށް އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން ދިވެހިރާއްޖެ އަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.

ތޯމަސް ޖެފަރސަން

ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3 ވަނަ ރައީސެވެ. 13 އޭޕްރީލް 1743 ގައި އުފަންވެ ވަޑައިގަތް ތޯމަސް ޖެފަރސަން ވަނީ އެމެރިކާގެ ރައީސްކަން ޖެހިޖެހިގެން ދެދައުރުގައި ކޮށްފައެވެ. އެއީ 1801ން 1809 އަށެވެ. 1776ގައި އެކުލަވާލެވުނު ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގެ މައި މުއައްލިފަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާއަށް ޖުމުހޫރިއްޔަތު ގެނައުމުގެ މައިތަބު ތަކުގެ ތެރޭގައި ތޯމަސް ޖެފަރސަން ހިމެނި ވަޑައިގަންނަވައެވެ. އޭނާގެ ވެރިކަމުގައި ހިގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި 1803 ވަނަ އަހަރު ލުއިޒިއާނާ އެމެރިކާ އަށް ލިބުމާއި، އަދި 1804ން 1806 އަށް ހިންގުނު ލުއިސް އެންޑް ކްލާރކް އެކްސްޕިޑިޝަން ހިމެނެއެވެ.

ސިޔާސީ ފިލޯސަފަރެއްގެ ގޮތުން ސިޔާސީ މައިދާނުގައި ތޯމަސް ޖެފަރސަން އަކީ ފާހަގަކޮށްލެވޭނެ ފަރާތެކެވެ. ފަރަންސޭސި އަދި އިގިރޭސި ވިލާތުގެ ގިނަ ސިޔާސީ ލީޑަރުން ދެނެވަޑައި ގަންނަވާ ބޭފުޅަކަށް ތޯމަސް ޖެފަރސަން ވަނީ ވެފައެވެ. 1779ން 1786އަށް ވާޖީނިއާ ސްޓެޓިއުޓް ފޯރ ރިލިޖަސް ފްރީޑަމް ލިޔުއްވި ބޭފުޅަކީ ވެސް ތޯމަސް ޖެފަރސަން އެވެ.

ޖެފަރސަނިއަން ޑިމޮކްރަސީ މިނަން ނެގިފައިވަނީ ވެސް ތޯމަސް ޖެފަރސަން އާއެވެ. އޭނާ އަކީ އެމެރިކާގެ ސިޔާސީ ތާރީކްގައި 25 ވަރަކަށް އަހަރު ވެރިކަން ހިންގި ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ބާނީ އަދި ފުރަތަމަ ލީޑަރުވެސް މެއެވެ. 1779ން 1781 އަށް ވާޖީނިއާ ގެ ގަވަރުނަރުކަން ތޯމަސް ޖެފަރސަން ކުރައްވާފައި ވެއެވެ. 1789ން 1793 އަށް އެމެރިކާގެ ފުރަތަމަ ސެކްޓަރީ އޮފް ސްޓޭޓްގެ މަގާމް ފުރުއްވާފައި ވެއެވެ. އަދި 1797ން 1801 އަށް އެމެރިކާގެ ދެވަނަ ނައިބު ރައީސްގެ މަގާމް ވެސް އަދާކޮށްފައި ވެއެވެ.

ތޯމަސް ޖެފަރސަން އަކީ ތަފާތު ޢިލްމު ދެނެލައްވާ އެޢިލްމުތަކަށް މޮޅު ބޭފުޅެކެވެ. ތޯމަސް ޖެފަރސަން އަކީ ހޯރޓިކަލްޗަރިސްޓް އެކެވެ. ޕޭލްއޮންޓޯލޮޖިސްޓް އެކެވެ. އާކިއޮލޮޖިސްޓް އެކެވެ. އާކިޓެކްޓް އެކެވެ. އިންވެންޓަރ އެކެވެ. އަދި ލިޔުންތެރިއެއް ވެސް މެއެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ މަޝްހޫރު ވާޖީނިއާ ޔުނިވަސިޓީގެ ބާނީ އެވެ.

ލިންޑަން ބެއިންސް ޖޯންސަން

ފަންވަތް:Pp-vandalism

ފަންވަތް:Short description

މިއީ އެމެރިކާގެ 36 ވަނަ ރައީސެވެ.

ޢަރަބި

ޢަރަބި ބަހަކީ ސާމީ ގޮތްޕަށް ނިސްބަތްވާ ބަސް ތަކުންގެ ތެރެއިން ވާހަކަދައްކާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ މައި ބަހެވެ. މި ބަސް ފަޞްލުކުރެވިފައިވަނީ މެދުތެރޭ ސާމީ ބަހެއްގެ ގޮތުގައެވެ. ޢަރަބި ބަހަކީ ޢިބްރާނީ ބަހާއި އާރާމީ ބަހާ ވަރަށް ގުޅުން ހުރި ބަހެކެވެ. ޒަމާނީ ޢަރަބި ބަހަކީ 27 ބަހުރުވަ އޭގެ ތެރޭގައި ހިމެނިފައިވާ މާ ބަހެކެވެ. ޢަރަބި ބަހުގެ ތަފާތު ބަހުރުވަ ތަކުން ޢަރަބި ދުނިޔޭގައި ވާހަކަ ދައްކާ އުޅެއެވެ. އަދި ހަމަ އެހެންމެ އިސްލާމީ ދުނިޔޭގައި ޢަރަބި ފުޞްޙާ ނުވަތަ ސާފު ޢަރަބި ބަސް ކިޔަވައިދެވެއެވެ.

ހުޅަނގު ޔޫރަޕުގެ ބަސްބަހުގެ ތެރެއަށް ގިނަ ޢަދަދަކަށް ލެޓިން ބަސް ވަދެފައިވާ ފަދައިން އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބަސްބަހަށް ވަނީ ޢަރަބި ބަހުގެ ލަފްޒުތައް ގިނަ ޢަދަދަކަށް ވަދެފައެވެ.

ޢަބުދުﷲ ޞާދިޤް

އަލްފާޟިލް ޢަބުދުﷲ ޞާދިޤް އަކީ އަދަނބީ ރޮނގުންނާއި، ކިޔަވައިދިނުމުގެ ރޮނގުން ދިވެހި ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެހެން ބަސްބަހުން

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.